މާދަމާއިން ފެށިގެން ޖޫން މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ސިވިލް ކޯޓު ރިސެސްއަށް ގޮސްފައިވާ ކަމަށް އެފަރާތުން ބުނެފިއެވެ.
2011 ވަނަ އަހަރު ސިވިލް ކޯޓުގެ ޤާޒީންގެ މަޖްލިސްއިން ނިންމާފައިވާ ގޮތުން ކޮންމެ އަހަރެއްގެ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް އެއީ ކޯޓުގެ ރިސެސް މުއްދަތެވެ. އަދި ޑިސެމްބަރ މަހުގެ ފަހު 20 ދުވަހަކީވެސް އެކޯޓު ރިސެސްގައި އޮންނަ ދުވަސްތައްކަމަށް ނިންމާފަވެއެވެ.
ރިސެސްގެ މުއްދަތުގައި އާއްމު އުސޫލުން ޝަރީއަތް ކުރިއަށް ގެންދިޔުން ނެތް ނަމަވެސް ކޮންމެހެން ނެރެންޖެހޭ އަމުރުތައް ނެރުމާއި ކޮންމެހެން ބާއްވަންޖެހޭ ޝަރީއަތްތައް ބާއްވާނެ ކަމަށް އެކޯޓުން ބުނެއެވެ. އަދި އެހެންނަމަވެސް މައްސަލަ ބަލައިގަތުމާއި ކޯޓުގެ އިދާރީ ހިދުމަތްތަކާބެހޭ އެންމެހައި މަސައްކަތްތައް ކުރިއެކޭވެސް އެއްގޮތަށް ކުރިއަށްދާނެއެވެ.
ދަށު މަރުހަލާގެ ކޯޓުތައް އަހަރުގެ މެދުތެރޭގައާއި ފަހުކޮޅު ރިސެސްއަށް ދާއިރު ސުޕްރީމް ކޯޓާއި ހައިކޯޓު އަބަދުވެސް ރިސެސްއަށް ދަނީ ޑިސެމްބަރު މަހު އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...