ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަށް ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަޤްވާމީ މުބާރާތުގައި ރާއްޖެ ތަމްސީލްކުރި މ. ވޭވަށް، ފެހިފާރުދާގެ، އަޝްރަގް ނާޒިރުއަށް ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) ގެ ފަރާތުން ސްކޮލަޝިޕެއް ދީފި އެވެ.
ދުނިޔޭގެ އެކި ޤައުމުތަކުން ބައިވެރިން ބައިވެރިވި ނޫރުލް މުބީން ޤުރުއާން މުބާރާތުން އަޝްރަޤުވަނީ ތިންވަނަ ހޯދާފައެވެ.
އައިޔޫއެމްގެ ފަރާތުން އަޝްރަޤަށް ޓިޔުޝަން ފީ ހިލޭ ސްކޮލަރޝިޕް ހަވާލުކޮށްދެއްވީ އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އައިޔޫއެމްގެ ޗާންސެލަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
މިބައްދަލުވުމުގައި ޑރ ޝަހީމް ވިދާޅުވީ ނޫރުލް މުބީން ޤުރުއާން މުބާރާތުގައި އަޝްރަގް ހޯދި ކާމިޔާބީއަކީ އެ ޔުނިވާސިޓީއަށާއި މުޅި ގައުމަށް ވެސް ހޯދައިދިން ފަޚުރުވެރި ކާމިޔާބީއެއް ކަމަށެވެ.
އަޝްރަގަކީ މިހާރުވެސް އައިޔޫއެމް އިން ބެޗްލާސް އޮފް ޓީޗިން ޤުރުއާން ވިތް އޮނާރސް ޕްރޮގްރާމްގައި ކިޔަވަމުންދާ ދަރިވަރެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...