ރާއްޖޭގެ ޚަބަރު ފިޠުރު ޒަކާތް މިއަދު ބަލައިގަންނަން ފަށައިފި

ފިޠުރު ޒަކާތް މިއަދު ބަލައިގަންނަން ފަށައިފި

ފިޠުރު ޒަކާތް މިއަދު ބަލައިގަންނަން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަހަރުގެ ފިޠުރު ޒަކާތް މިއަދު ބަލައިގަންނަން ފަށައިފިއެވެ.

އެގޮތުން މާލޭގައި ފިިިިިިިިިިިިިޠުރު ޒަކާތް ބަލައިގަންނަމުންދާނީިިިިިި އިސްލާމީ މަރުކަޒުންނެވެ. ވިލިމާލޭގައި ހައުސިންގ މިނިސްޓްރީގެ ވިލިމާލެ ޔުނިޓުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާއިިިިިިިިިރު ހުޅުމާލޭގައި ފިިިޠުރު ޒަކާތް ބަލައިގަންނާނީ ހުޅުމާލެ ކޮމިއުނިޓީ ސެންޓަރުންނެވެ.

ރަށްރަށުގައި އެރަށެއްގެ ރަށު ކައުންސިލުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާއިރު އައްޑުއާއި ފުވައްމުލަކާއި، ގދ.ތިނަދޫގައި ޒަކާތް ބަލައިގަންނާނީ އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅާފައިވާ ޚާއްސަ ތަންތަނުން ކަމަށް އެމިނިސްޓްރީއިން ބުނެއެވެ.

މީގެއިތުރުން އިސްލާމިކް ބޭންކާއި، ބޭންކް އޮފް މޯލްޑިވްސްގެ އެޕްލިކޭޝަން މެދުވެރިކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާއިރު ދިރާގާއި އުރީދޫއިން އެސްއެމްއެސް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމުގެ އިންތިޒާމްވެސްވަނީ ހަމަޖެހިފައެވެ. އެގޮތުން އުރީދޫ ކަސްޓަމަރުން *909# ޖެހުމުން ޒަކާތް ދައްކަންޖެހޭ ގޮތުގެ މަޢުލޫމާތު ލިބޭނެއެވެ. އަދި ދިރާގު ކަސްޓަމަރުން *123*8*1# ޖެހުމުން ޒަކާތް ދައްކަންޖެހޭގޮތުގެ ތަފްސީލް ލިބޭނެއެވެ.

ޒަކާތުގެ ގޮތުގައިި ކަނޑައަޅާފައިވާ މިންވަރަކީ 2.4 ކިިިިިިިިިިިިިިލޯގެ ހަނޑުލެވެ. އެގޮތުން ކޮންމެ މީހަކުވެސް ޒަކާތް ދައްކަންޖެހޭނީ އެމީހަކު ޢާއްމުކޮށް ކައިއުޅޭ ހަނޑުލުގެ ބާވަތުގެ 2.4 ކިލޯ ހަނޑުލަށްޖެހޭ މިންވަރަށެވެ. މާލޭގައި ދިރިއުޅޭ މީހުން ޒަކާތް ދައްކަން ޖެހެނީ އާދައިގެ ހަނޑުލުންނަމަ މީހަކަށް 13 ރުފިޔާ، ތައިލެންޑް ހަނޑުލުންނަމަ 43 ރުފިޔާ، ބާސްމަތީ ހަނަޑުލުންނަމަ 81 ރުފިޔާއެވެ. އަތޮޅުތެރޭގައި ޒަކާތް ދައްކަން ޖެހޭނީ އެސަރަޙައްދެއްގައި ހަނޑު ވިއްކާ އަގުތަކުގެ މިންވަރަށެވެ.

ޒަކާތް ބަލައިގަތުން ކުރިއަށްދާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން މެންދުރު 13:00 އަށެވެ. ޒަކާތް ބަލައިިިިިިިިިިިިިިގަތުމުގެ އެންމެ ފަހު ތާރިޚަކީ ރަމަޟާންމަހުގެ 27 ވާ އާދިއްތަ ދުވަހެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.