ސުވާލާއި ޖަވާބު ރޯދައަށްހުރެ ކާއެއްޗެހީގެ ރަހަ ބަލަން ދުލުގައި ޖެއްސުމުން ރޯދަ ގެއްލޭނެތޯ؟

ރޯދައަށްހުރެ ކާއެއްޗެހީގެ ރަހަ ބަލަން ދުލުގައި ޖެއްސުމުން ރޯދަ ގެއްލޭނެތޯ؟

ރޯދައަށްހުރެ ކާއެއްޗެހީގެ ރަހަ ބަލަން ދުލުގައި ޖެއްސުމުން ރޯދަ ގެއްލޭނެތޯ؟

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد

ރޯދަ އަށް ހުރެ ކާ އެއްޗެތީގެ ރަހަބަލަން ޖެހިއްޖެނަމަ އެކަން ކުރުމަކީ ހުއްދަ ކަމެކެވެ. ހަށިގަނޑުގެ އެތެރެއަށް މިންވަރެއް ނުދާނަމަ ރޯދަ އަކަށް އޭގެ ސަބަބުން އަޘަރެއް ނުކުރާނެއެވެ. މިގޮތަށް ރަހަބެލުމުގައި ކޮފީ ވިޔަސް އަދި އެހެން އެއްޗެއްވިޔަސް ހަމަހަމަ ވެގެންވެއެވެ. އެއްވެސް ބޭނުމެއްނެތި ކާއެއްޗެއްގެ ރަހަ ބެލުމަކީ މަކްރޫހަ ކަމެކެވެ. ނަމަވެސް އޭގެ ސަބަބުން ރޯދަ ބާޠިލް އެއް ނުވާނެއެވެ.

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު- ވިދާޅުވެފައިވެއެވެ. "ތެލިން ނުވަތަ އެނޫންވެސް އެއްޗަކުން ކާއެއްޗެތީގެ ރަހަ ބެލުމަކީ ރޯދަވެރިޔާ އަށް ހުއްދަ ވެގެންވާ ކަމެކެވެ".

އިމާމް އަޙްމަދު ވިދާޅުވެފައިވެއެވެ. "ތިމަންކަލޭގެފާނުގެ ގާތުގައި ބޮޑަށް ރަގަޅީ ރަހަ ނުބެލުމެވެ. ނަމަވެސް ރަހަބަލަން ޖެހިގެން ރަހަބެލި ނަމަވެސް އޭގެ ސަބަބުން ރޯދަ އަކަށް އަޘަރެއް ނުކުރާނެއެވެ". އަލްމުޣްނީ (4-359).

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ- ރަޙިމަހުﷲ- އެކަލޭގެފާނުގެ "ފަތާވާ އަލްކުބްރާ- ގައި ވިދާޅުވެފައިވެއެވެ. "އެއްވެސް ސަބަބަކާ ނުލާ ކާއެއްޗެތީގެ ރަހަބެލުމަކީ ރޯދަވެރިޔާގެ މައްޗަށް މަކްރޫހަވެގެންވާ ކަމެކެވެ. ނަމަވެސް އޭގެ ސަބަބުން ރޯދަ ގެއްލޭވަރުގެ ކަމެއް ނޫނެވެ".

ޝައިޚް ޢުޘައިމީންގެ "ފަތާވާ އައްޞިޔާމް" އޭ ކިޔުނު ފޮތުގެ 356 ވަނަ ޞަފްޙާގައި ވެއެވެ. ކާއެއްޗެތީގެ ރަހަ ބެލުމުން ރޯދަ ގެއްލޭނެތޯއެވެ؟

ޖަވާބުގައި ވިދާޅުވެފައިވެއެވެ. "ދިރުވާ ނުލާނަމަ ރޯދަ އަށް ހުރެ ކާއެއްޗެތީގެ ރަހަ ބެލިޔަސް ވެސް މައްސަލަ އެއް ނެތެވެ. އެހެންނަމަވެސް ކޮންމެހެން ބޭނުންވެގެން ނޫނީ އެފަދަ ކަމެއް ނުކުރާ ހުށި ކަމެވެ. މގޮތަށް ރަހަބަލާ އިރުގައިވެސް ގަޞްދަކާ ނުލާ ހަށިގަނޑުގެ ތެރެއަށް އެއިން އެތިކޮޅެއް ދިޔަނަމަވެސް ރޯދަ އެއް ނުގެއްލޭނެއެވެ". والله أعلم

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.