ޖަމިއްޔަތުއް ސަލަފްއިން ކޮންމެ ރަމަޟާން މަހެއްގައި ކުރިއަށްގެންދާ “ސަލަފް ދީނީ ސުވާލު މުބާރާތް” ފަށައިފިއެވެ.
މިިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އައްޝައިޚް މުޖުތަބާ ހަމީދު ވިދާޅުވީ މިިިިިިިފަހަރު ސުވާލު މުބާރާތް އެހެން އަހަރު ތަކާއި ތަފާތު ވާނެ ކަމަށާއި އެގޮތުން ކޮންމެ ދުވަހަކު ސުވާލެއް ގެނެސްދިނުމުގެ ބަދަލުގައި ސުވާލުތައް ގެނެސްދޭނީ ކޮންމެ 10 ދުވަހަކުން ކަމަށެވެ.
އެގޮތުން ޝައިޚް ވިދާޅުވީ ފުރަތަމަ 10 ދުވަހުގެ ސުވާލަށް ޖަވާބު ދިނުމަށް މިހާރު ހުޅުވާލާފައިވާ ކަމަށާއި ރަމަޟާންމަހުގެ 10 ވަނަ ދުވަހުގެ ކުރިން މި 10 ސުވާލަށް ޖަވާބު ދެވޭނެ ކަމަށެވެ.
މިސުވާލުތަކުގެ ތެރެއިން އެންމެ ގިނަ ސުވާލުގެ ޖަވާބު ރަނގަޅުކުރާ 3 ފަރާތަކަށް ފައިސާގެ އިނާމް ލިބޭނެކަމަށް ސަލަފުން ބުނެއެވެ.
ސަލަފްގެ ސުވާލު މުބާރާތުގައި ބައިވެރިވުމަށް:
ކޮމެންޓް (0)
ލޯޑް ކުރަމުން...