ދުނިޔޭގައި މިވަގުތު ހުރި އެންމެ މުއްސަނދި މީހާއަކީ މިސުރުގައި ކުރިން ވެރިކަންކުރި ހުސްނީމުބާރަކް ކަމާއި އޭނާގެ މިލްކިއްޔާތުގައި މަދުވެގެން 70 ބިލިއަން ޑޮލަރު އެބަހުރިކަމަށް އިނގިރޭސި ވިލާތުގެ "ދަ ގާޑިއަން" ނޫހުން ހާމަކޮށްފިއެވެ. ގާޑިއަން ނޫހުގައިވާގޮތުގައި މުބާރަކްގެ ފައިސާ ރައްކާކޮށްފައިވާ ބޭންކުތަކުގެ ތެރޭގައި އިނގިރޭސިވލާތާއި ސްވިޒަރލޭންޑުގެ ބޭންކުތައްހިމެނެއެވެ. އަދި ސިއްރު އެތައްބޭންކެއްގައި މުބާރަކްގެ ފައިސާ ރައްކާކޮށްފައިވެއެވެ.
މިސުރުގައި 30 އަހަރު ވެރިކަންކޮށްފައިވާ ހުސްނީމުބާރަކްގެ ވިޔަފާރި ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގައި ކުރަމުންދާކަމަށާއި މިގޮތުން މެންހަޓްންއާއި ބެވަރލީހިލްސްގައިވެސް އޭނާގެ އަމިއްލަ އެތައްވިޔަފާރިއެއް ހިންގަމުންދާކަމަށް އެނޫހުގައި ހާމަކޮށްފައިވެއެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި ކުރިން ލިސްޓުކޮށްފައިވަނީ މެކްސިކޯގެ ރައްޔިތެއްކަމަށްވާ ކާލޮސް ސްލިމްއެވެ. އޭނާގެ މިލްކިއްޔާތުގައި 53.5 ބިލިއަން ޑޮލަރުވެއެވެ. އަދި މައިކްރޮސޮފްޓުގެ ވެރިޔާ ބިލްގޭޓްސްގެ މިލްކިއްޔާތުގައި 53 ބިލިއަން ޑޮލަރު ވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...