ރާއްޖޭގެ ޚަބަރު ޝައިޚް އަލީ ޒާހިރުގެ ތަފްސީރު އަދި ޙަދީޘް ކްލާސްތައް ރޯދައަށް މެދުކަނޑާލައިފި

ޝައިޚް އަލީ ޒާހިރުގެ ތަފްސީރު އަދި ޙަދީޘް ކްލާސްތައް ރޯދައަށް މެދުކަނޑާލައިފި

ޝައިޚް އަލީ ޒާހިރުގެ ތަފްސީރު އަދި ޙަދީޘް ކްލާސްތައް ރޯދައަށް މެދުކަނޑާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އައްޝައިޚް އަލީ ޒާހިރު ބިން ސައީދު ޤާސިމް ކުރިއަށް ގެންދަވާ ޤުރުއާން ތަފްސީރު ކްލާހާއި ޙަދީޘް ކްލާސް ރޯދަމަހަށް މެދުކަނޑާލައިފިއެވެ.

ޤުރުއާން ތަފްސީރު ކްލާސް ކުރިއަށްދަނީ ހުކުރު ދުވަހުގެ އަޞްރު ނަމާދަށްފަހު އިބްރާހިމް މިސްކިތުގައެވެ. އަދި ޙަދީޘް ކްލާސް ކުރިއަށްދަނީ ހޮނިހިރު ދުވަހުގެރޭ އިޝާ ނަމާދަށްފަހު ޖަލާލުއްދީން މިސްކިތުގައެވެ.

ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ޝައިޚް އަލީ ޒާހިރު ވިދާޅުވީ ރޯދަމަހަށް މެދު ކަނޑާލުމަށްފަހު ޝައްވާލު މަހުގެ ހަރޯދައަށްފަހު އިންޝާ ﷲ ކްލާސްތައް ފެށިގެން ދާނެ ކަމަށެވެ.

ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ސިލްސިލާ ގޮތެއްގައި ކުރިއަށްދާ މިކްލާސްތަކުގެ ތެރެއިން ތަފްސީރު ކްލާސްތަކުގައި ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ މާނަ ތަފްޞީރުކުރެވި، ޢިލްމީ ގޮތުން ވަރަށް މުހިންމު މަޢުލޫމާތުތަކެއް ލިބިގެން ދެއެވެ. އަދި ހަދީޘް ކްލާހުގައި ދަރުސް ނަންގަވައިދެއްވަނީ އިމާމް އަލްޙާފިޛް އިބްނު ޙަޖަރުގެ “ބުލޫޣުލް މަރާމް” ޙަދީޘް ފޮތުންނެވެ.

މިކްލާސްތައް ސިލްސިލާކޮށް ކުރިއަށްދާތާ 7 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.