ދުނިޔެ ބަޑިން ހަމަލާދީ ފަލަސްތީނު ކުއްޖަކު މަރާލި އިޒްރޭލް ފުލުސްމީހާއަށް އެންމެ 9 މަހުގެ ޖަލު ހުކުމެއް

ބަޑިން ހަމަލާދީ ފަލަސްތީނު ކުއްޖަކު މަރާލި އިޒްރޭލް ފުލުސްމީހާއަށް އެންމެ 9 މަހުގެ ޖަލު ހުކުމެއް

ބަޑިން ހަމަލާދީ ފަލަސްތީނު ކުއްޖަކު މަރާލި އިޒްރޭލް ފުލުސްމީހާއަށް އެންމެ 9 މަހުގެ ޖަލު ހުކުމެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފަލަސްތީނުގެ އުމުރުން 16 އަހަރުގެ ނަދީމް ނުވާރާއަށް ބަޑިން ހަމަލާދީން އިޒްރޭލުގެ ފުލުސްމީހާގެ މައްޗަށް ކުށް ސާބިތުވެ އެންމެ 9 މަަހުގެ ޖަލުހުކުމެއް އިއްވައިފިއެވެ.

ފަލަސްތީނުގެ އެތައްހާސް ރައްޔިތުންނެއް އަމިއްލަ ވަޒަނުން ފައްސާލީ "ނަކްބާ ޑޭ" ފާހަގަކުރުމަށް މީގެ ހަތަރު އަހަރުކުރިން. 2014 މެއި 15 ވަނަ ދުވަހު ބޭއްވި އެއްވުމެއްގައި 16  އަހަރުގެ ނަދީމް ނުވާރާއަށް ބަޑިން ހަމަލާދީފައިވަނީ އިޒްރޭލުގެ ބޯޑަރު ބަލަހައްޓަންހުރި ބެން ޑެރީ ނަމަކަށް ކިޔާ ފުލުސްމީހެކެވެ.

ރާމައްﷲ ކައިރިއޮންނާ ބައިތޫނިއާ ކިޔާ އަވަށުގައި ކުރިއަށްދިޔަ މިއެއްވުމުގެ ތެރެއިން މުހައްމަދު އަބޫ ދަހުރު ނަމަކަށްކިޔާ ޒުވާނަކަުވެސްވަނީ ބަޑިން ހަމަލާދީ މަރާލާފައެވެ.

އަދަބު ލުއިކޮށްދޭމަތިން ކުށަށް އިއުތިރާފްވުމުން ބެންގެ ޖަލު ހުކުމް 7 މަހަށް ކުޑަކޮށް ބަދަލެއްގެ ގޮތުގައި 13،960 ޑޮލަރު ދެއްކުމަށްވަނީ ހުކުމްކޮށްފައެވެ.

"ނަދީމް ދިން ހަމަލާއެއްގައި ބެން މަރުވިނަމަ،  މިހާރު ކޯޓުން ބެންއާމެދު އަމަލުކުރާ ލުއިފަސޭހަކޮށްތޯ ކޯޓުން ނަދީމްއާމެދު ޢަމަލު ކުރާނީ" ބެންގެ ހުކުމާއެކު ނަދީމްގެ ބައްޕަ ބުނެފައިވެއެވެ.

ބެންގެ މައްޗަށް މިފަދަ ހުކުމެއް ކުރިނަމަވެސް ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހަމަލާދޭ އިޒްރޭލުގެ ސަލާމަތީ ބާރުތަކުގެ މީހުންނާއި ދެކޮޅަށް އުފުލާ މިފަދަ ދައުވާތައް ގިނަ ފަހަރުދަނީ ސާބިތު ނުވާކަމަށް ނިންމަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.