ދުނިޔެ 25 އަހަރުތެރޭ އެކި ހަނގުރާމަތަކުގައި 12.5 މިލިއަން މުސްލިމުން މަރުވެފައިވޭ

25 އަހަރުތެރޭ އެކި ހަނގުރާމަތަކުގައި 12.5 މިލިއަން މުސްލިމުން މަރުވެފައިވޭ

25 އަހަރުތެރޭ އެކި ހަނގުރާމަތަކުގައި 12.5 މިލިއަން މުސްލިމުން މަރުވެފައިވޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފާއިތުވި 25 އަހަރުތެރޭގައި އެކި ހަނގުރާމަތަކުގައި 12.5 މިލިއަން މީހުން މަރުވެފައިވާ ކަމަށް ތުރުކީގެ ޢިލްމުވެރިއަކު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ތުރުކީގެ އިސްތަންބޫލުގައި ބޭއްވި ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ތުރުކީގެ ތާރީޚާއި ބެހޭ ޖަމިއްޔާގެ ވެރިޔާ ރަފީޤް ތޫރާން ވިދާޅުވީ ފަހުގެ ދިރާސާތަކުން އެނގިފައިވާ ގޮތުގައި ވޭތުވެދިޔަ 25 އަހަރުތެރޭ ހިނގި އެކި ހަނގުރާމައާއި ހަމަނުޖެހުންތަކުގައި 12.5 މިލިއަން މުސްލިމުން ދުނިޔެ ދޫކޮށްފައިވާ ކަމަށެވެ.

ރަފީޤް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ފެންނަންހުރި ހެކިތަކަށް ބަލާއިރު ސޫރިޔާގައި ކުރިއަށްދާ ހަނގުރާމައިގައި އެމެރިކާއާއި ރަޝިޔާ އަދި އީރާނުން ޞުލްހަވެރިވެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބޭނުމެއް ނުވެއެވެ.

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.