ދުނިޔެ ހައްޖުގެ އަޅުކަން އަދާކުރުމަށް 529000 ހައްޖުވެރިން ސައުދީއަށް ހިނގައްޖެ

ހައްޖުގެ އަޅުކަން އަދާކުރުމަށް 529000 ހައްޖުވެރިން ސައުދީއަށް ހިނގައްޖެ

ހައްޖުގެ އަޅުކަން އަދާކުރުމަށް 529000 ހައްޖުވެރިން ސައުދީއަށް ހިނގައްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

1438 ވަނަ އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް 529000 އަށްވުރެ ގިނަ ހައްޖުވެރިން ސައުދީ އަރަބިޔާއަށް ގޮސްފައިވާ ކަމަށް އެޤައުމުގެ ކަމާއިބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.

މިއަދަދަކީ މިދިޔަ އަހަރުގެ މިހާތަނާއި އަޅާ ބަލާއިރު 14 އިންސައްތައިގެ އިތުރުވުމެކެވެ.

ސައުދީގެ ހައްޖު އެންޑް ޢުމްރާއިން ހޯމަ ދުވަހު އާއްމުކުރި ހިސާބުތައް ދައްކާގޮތުން ހޯމަދުވަހާއި ހަމައަށް 222،444 ހައްޖުވެރިން އެޤައުމަށް އައިސްފައިވެއެވެ.

ހައްޖުގެ މަތިވެރި އަޅުކަމަށް ދުނިޔޭގެ ކަންކޮޅުތަކުން މުސްލިމުން ސައުދީއަށް ޖަމާވާން ފަށާފައިވާ އިރު ހައްޖުވެރިންނަށް މަރުހަބާ ކިޔުމަށް އެޤައުމުން ވަރަށް ބޮޑަށް ތައްޔާރު ވެފައިވާކަމަށް ހައްޖުގެ ކަންކަމާއި ގުޅޭ އިދާރާތަކުން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.