ރާއްޖޭގެ ޚަބަރު ރޯދަމަހުގެ މިހާތަނަށް 1500 އަށްވުރެ ގިނަމީހުންނަށް މަގުމަތިން ރޯދަވީއްލުން ދެވިފައިވޭ: ޓީޑީއެމް

ރޯދަމަހުގެ މިހާތަނަށް 1500 އަށްވުރެ ގިނަމީހުންނަށް މަގުމަތިން ރޯދަވީއްލުން ދެވިފައިވޭ: ޓީޑީއެމް

ރޯދަމަހުގެ މިހާތަނަށް 1500 އަށްވުރެ ގިނަމީހުންނަށް މަގުމަތިން ރޯދަވީއްލުން ދެވިފައިވޭ: ޓީޑީއެމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހިނގަމުން މިދާ ރަމަޟާންމަހުގެ ފުރަތަމަ ފަނަރަ ދުވަސް ނިމުނުއިރު 1500 އަށްވުރެ ގިނަ މީހުންނަށް މަގުމަތިން ރޯދަވީއްލުން ދެވިފައިވާ ކަމަށް ޓީމް ދައުވާ މޯލްޑިވްސް (ޓީޑީއެމް) އިން ހާމަކޮށްފިއެވެ.

ދިއިސްލާމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޓީޑީއެމްގެ ފަރާތުން މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ހައްސާން ސަލީމް ވިދާޅުވީ ރަމަޟާންމަހުގެ އެކަކުން ފެށިގެން ފަނަރައާއި ހަމައަށް 1500 އަށްވުރެ ގިނަ މީހުންނަށް މަގުމަތިން ރޯދަވީއްލުން ދެވިފައިވާނެ ކަމަށެވެ.

ރޯދަވީއްލުން އަވަސްކުރުމުގެ ސުންނަތް ދިރުވުމުގެ މަޤްޞަދުގައި ޓީޑީއެމްއިން ކުރިއަށް ގެންދާ މިހަރަކާތް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި މިހާރުދަނީ ކުރިއަށް ގެންދަމުންނެވެ.

ހައްސާނު އިތުރަށް ވިދާޅުޥީ މިހަަރަކާތަށް ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބިގެންދާ ކަމަށާއި އިރާދަކުރެއްވިއްޔާ ރަމަޟާންމަސް ނިމެންދެން ކޮންމެ ދުވަހަކުވެސް މިހަރަކާތް ކުރިއަށްދާނެ ކަމަށެވެ.

1435 ވަނަ އަހަރުގެ ރަމަޟާންމަހުން ފެށިގެން ކުރިއަށް ގެންދާ މިހަރަކާތް ޓީޑީއެމްއިން ކުރިއަށް ގެންދާތާ މީ ހަތަރުވަނަ އަހަރެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.