ދުނިޔެ ހަމާސްގެ ވެރިޔަކަށް އިސްމާއިލް ހަނިއްޔާ އިންތިޚާބު ކޮށްފި

ހަމާސްގެ ވެރިޔަކަށް އިސްމާއިލް ހަނިއްޔާ އިންތިޚާބު ކޮށްފި

ހަމާސްގެ ވެރިޔަކަށް އިސްމާއިލް ހަނިއްޔާ އިންތިޚާބު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފަލަސްތީނުގެ ބޮޑުވަޒީރުކަން ކުރެއްވި އިސްމާއިލް ހަނިއްޔާ ނުވަތަ އިސްމާއީލް އަބްދުއްސަލާމް އަހްމަދު ހަނިއްޔާ ހަމާސްގެ ވެރިޔަކަށް އިންތިހާބު ކޮށްފިއެވެ.

ހަމާސްގެ ވެރިޔަކަށް ހަނިއްޔާ އިންތިހާބުކޮށްފައިމިވަނީ އެމަޤާމުގައިހުރި ޚާލިދު މިޝަޢަލްގެ ދެދައުރު ހަމަވުމާއި ގުޅިގެންނެވެ.

އުމުރުފުޅުން 54 އަހަރުގެ އިސްމާއިލް ހަނިއްޔާ ހަމާސްގެ ވެރިކަމަށް އިންތިޚާބު ކުރެވުނު މިދަނޑިވަޅަކީ ހަމާސްގެ ޗާޓަރަށް ބޮޑެތި ބަދަލުތަކެއް ގެނެސް ބައިނަލްއަގްވާމީ މުޖުތަމައާ އޮންނަ ގުޅުން ރަނގަޅުކުރުމުގެ މަސައްކަތްތަކެއް ހަމާސްއިން ފަށާފައިވާ ދަނޑިވަޅެކެވެ. އެގޮތުން އެޗާޓަރުގައި، އިސްރާއީލާއި އަރަބީންނާ ދެމެދު 1967 ވަނަ އަހަރުކުރި 6 ދުވަހުގެ ހަނގުރާމައިގެކުރިން ފަލަސްތީނުގެ ސަރަހައްދީ އިމުގެގޮތުގައި އޮތް ބިންތައް ހިމެނޭގޮތުން އުފައްދާ ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކުރުމަށް ކަނޑައަޅާފައި ވެއެވެ.

އިސްމާއިލް ހަނިއްޔާ ދިރިއުޅެމުން ގެންދަވަނީ ފަލަސްތީނުގެ ޣައްޒާގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.