ރާއްޖޭގެ ޚަބަރު ޖަމިއްޔަތުލް އަންވާރުއިން ދަނގެތީގައި ހިނަވާގެއެއް އަޅަނީ

ޖަމިއްޔަތުލް އަންވާރުއިން ދަނގެތީގައި ހިނަވާގެއެއް އަޅަނީ

ޖަމިއްޔަތުލް އަންވާރުއިން ދަނގެތީގައި ހިނަވާގެއެއް އަޅަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އދ ދަނގެތީގައި ހިންގާ ޖަމިއްޔަތުލް އަންވާރުން އެރަށުގައި ހިނަވާގެއެއް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވީ މިހާރުކުރިއަށްދާ މަސައްކަތަކީ ހިނަވާގެ އަޅާ ބިން ސާފުކުރުމުގެ މަސައްކަތް ކަމަށާއި އެމަސައްކަތަށްފަހު އިމާރާތްކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

އޮފިޝަލު އިތުރަށް ވިދާޅުވި ގޮތުގައި މިހިނަވާގޭގައި ހިނެވުމަށް ބޭނުންކުރާ ދެއަށްޓާއެކު، ފާޚާނާއަކާއި މީހުން މަޑުކުރުމަށް ހަދާ ތަނެއް އެކުލެވޭނެ ކަމަށެވެ.

ހިނަވާގޭގެ މަސައްކަތް ދެމަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށް އެފަރާތުން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.