ދިއިސްލާމް ދިވެހި ޙައްޖުވެރިން ޙައްޖުގެ އަޅުކަން ނިމި ބާޒާރު ކުރުމުގައި

ދިވެހި ޙައްޖުވެރިން ޙައްޖުގެ އަޅުކަން ނިމި ބާޒާރު ކުރުމުގައި

ދިވެހި ޙައްޖުވެރިން ޙައްޖުގެ އަޅުކަން ނިމި ބާޒާރު ކުރުމުގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

13 ނޮވެމްބަރު 2011

މި އަހަރުގެ ޙައްޖުގެ އަޅުކަމަށް މައްކާއަށް އައި ދިވެހި ހުރިހާ ޖަމާޢަތެއްވެސް ޙައްޖުގެ އަޅުކަމުގެ އެންމެ ފަހުގެ ހުރިހާ ކަމެއްވެސް ގާތްގަނޑަކަށް ނިންމައިފިއެވެ.

އެގޮތުން ޙައްޖުމަހުގެ 12 އަދި 13 ވަނަ ދުވަހު މައްކާއަށް އައިސް ޠަވާފުލް އިފާޟާ އާއި ސަޢުޔު ވަނީ ކޮށްފައެވެ. މިއީ ޙައްޖުގެ މުޙިއްމު ރުކުނެކެވެ.. މިހާރު ހަމައެކަނި ޙައްޖުވެރިން މައްކާއިން ފުރުމުގެ ކުރިން ކުރަންޖެހޭ ޠަވާފުލް ވަދާޢު ފިޔަވައި ޙައްޖުގެ އަޅުކަމުގެ އިތުރު ކަމެއް ނުކުރެވި ނުވާނެއެވެ.

މިހާރު ޙައްޖުވެރިން ތައްޔާރުވަމުންދަނީ ޙައްޖުގެ އަޅުކަމަށްފަހު އެނބުރި ޤައުމަށް ދިއުމަށްޓަކައެވެ. މިގޮތުން ޢާއިލާގެ މީހުންނާއި ރައްޓެހިންނަށް ހަދިޔާ ގަތުމުގައި ޙައްޖުވެރިން އަވަދި ނެތި އުޅޭތަން ފެނެއެވެ. ކޮންމެ މީހަކުވެސް ބަލަނީ މައްކާ ނުވަތަ މަދީނާއިން ކޮންމެވެސް ފަދަ ހަދިޔާއެއް ގާތްތިމާގެ މީހުންނަށާއި ރައްޓެހިންނަށް ގެންދެވޭތޯއެވެ. މިގޮތުން ޢާއްމުކޮށް ޙައްޖުވެރިން ގަންނަ ތަކެތީގެ ތެރޭގައި ރަން، ރިހި، މުސައްލަ، ކަދުރު، އަންނައުނު، ތަސްބީހަ، ޢަޠަރު، ތާކިހާ ހިމެނެއެވެ. މީގެ އިތުރުންވެސް ތަފާތު ބާވަތްތައް ގަނެއެވެ.

މައްކާގެ ބާޒާރުގައި ރަނުގެ އަގު ވަނީ އުފުލިފައެވެ. ޢާއްމުކޮށް ރަން ގްރާމެއްގެ އަގަކީ 220 ރިޔާލެވެ. މިއީ މީގެ 5 އަހަރު ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑު އަދަދެކެވެ. 2006 ވަނަ އަހަރު ރަން ގްރާމެއް ގާތްގަނޑަކަށް 70 އާއި 80 ދެމެދުގެ އަގަކަށް ލިބުނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.