03 ނޮވެމްބަރު 2011
ރޭގަނޑު 10:30 (މިނާއިން)
ދިވެހި ރާއްޖެއިން ޙައްޖަށް އައި ގިނަ ޖަމާޢަތްތަކުގެ ޙައްޖުވެރިން މިވަގުތު ތިބީ މިނާގައެވެ. މިގޮތުން މިއަދު ޙަވީރު އަތަމާ އަދި މަލީޝާގެ ޙައްޖާޖީން މިނާއަށް އައިސްފައިވާއިރު، ޞަފާ، ސިސިލްފަރު، ކްލެސިކް، އަދި ޔޫއެސް ޖަމާޢަތުގެ ޙައްޖާޖީން މިރޭ އިރާކޮޅު ވަނީ މިނާއަށް އައިސް ނިމިފައެވެ. އަދި އަލްމަނާސިކް ގްރޫޕް މިރޭގެ ވަގުތެއްގައި މިނާއަށް އާދެވޭނެއެވެ.
މީގެ އިތުރުން ދިވެހި ޙައްޖު މިޝަންގެ ވަފްދުވެސް މިހާރު ތިއްބެވީ މިނާގައެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި އަލްޚައިރު އަދި ޒައީ ޖަމާޢަތުގެ ޙައްޖުވެރިން މާދަމާ މިނާއަށް އަންނާނެއެވެ.
ޢާއްމުގޮތެއްގައި ހުރިހާ ޙައްޖުވެރިންގެ ހާލުވެސް ރަނގަޅެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...