
ސުޢޫދީ ޢަރަބިއްޔާ: މުހައްމަދު އަނީލް
މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ރޭގެ ވަގުތެއްގައި އައި އަލްޚައިރު ޖަމާޢަތުގެ ޙައްޖުވެރިން ޢުމްރާގެ ކަންތައް މިއަދު މެންދުރުކުރިން ޢުމްރާގެ ކަންތައް ނިންމާލައިފިއެވެ.
އިއްޔެ މާލެއިން ފުރި އަލްޚައިރު ޖަމާޢަތުގެ 175 ޙައްޖުވެރިން ވަނީ ރޭ ފަތިސް ނަމާދުގެ ކުރިން މައްކާއަށް އައިސްފައެވެ. ޖަމާޢަތުގެ އިސްވެރިޔާ އަލްފާޟިލް މުޙައްމަދު ޙުސައިން، ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ޖަމާޢަތުގެ ޙައްޖުވެރިންގެ ތެރެއިން ބަލިމީހުން ފިޔަވައި އެހެން ހުރިހާ އެންމެން މިއަދު ހުކުރު ނަމާދުގެ ކުރިން ޢުމްރާކޮށް ނިންމާފައިވާކަމަށެވެ.
އެޖަމާޢަތުގެ އިތުރު 77 ޙައްޖުވެރިން މާދަމާ މައްކާއަށް އަންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

















ޚިޔާލު