
އަލްމަނާސިކް ގުރޫޕްގެ ހައްޖުވެރިން ޖިއްދާ އެއާރޕޯޓްގައި - 10 އޮކްޓޯބާރ 2011
ރާއްޖެއިން މި އަހަރު ހައްޖަށް ދާން ހަމަޖެހިފައިވާ ހައްޖާޖީން އިއްޔެ ފުރަން ފަށައިފި އެވެ.
ހައްޖާޖީންގެ ފުރަތަމަ ގުރޫޕު މާލެއިން ފުރާފައި ވަނީ އިއްޔެ ހެނދުނު އެވެ. އެއީ އަލްމަނާސިކް ގުރޫޕުގެ 20 ހައްޖު ވެރިންނެވެ. އެ ގްރޫޕުގައި ހިމެނޭ ދެންތިބި 85 ހައްޖު ވެރިން ފުރުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުއެވެ.
މަލީޝާ ހައްޖު ގުރޫޕުން ރޭ 50 މީހުން ވަނީ ފުރާފައެވެ. އެ ގުރޫޕުން 110 މީހުން ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަދުވަހު އެވެ. އަދި ބާކީ ތިބި 75 މީހުން ފުރަނީ އަންނަ އަންގާރަ ދުވަހުއެވެ. އިސްލާމިކް މިނިސްޓްރީއިން ހާމަކުރާ ގޮތުގައި، ޒައީމާ ހައްޖު ގޮރޫޕުން މީހުން ފުރަނީ ހުކުރު ދުވަހުއެވެ. އެ ގްރޫޕުން މި އަހަރު 170 މީހުން ހައްޖަށް ދާއިރު ހުކުރު ދުވަހު ފުރާނީ 5 މީހުންނެވެ. ބާކީ ތިބި މީހުން ފުރާނީ އަންނަ އާދީއްތަ ދުވަހު ކަމަށް އެ މިނިސްޓްރީ އިން ހާމަކުރެއެވެ.
ކްލެސިކް ގުރޫޕާއި ، ސިސިލްފަރު ގްރޫޕް ގުޅިގެން ހައްޖަށް ދާ 252 މީހުން ފުރާނީ އަންނަ ހޮނިހިރާއި އާދީއްތަ ދުވަހުއެވެ. ޔޫއެސް ގްރޫޕުގައި ހިމެނޭ 95 މީހުން ފުރާނީ އަންނަ އާދީއްތަ ދުވަހުއެވެ. އަތަމާ ގްރޫޕުން 105 މީހުން ހައްޖަށް ދާން ފުރާއިރު ،ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހާއި ބުދަ ދުވަހުއެވެ. ޞަފާ ގްރޫޕުގެ 288 ހައްޖުވެރީން ފުރުމަށް ހަމަޖެހިފައިވަނީ ހޮނިހިރާއި ،ބުދަ ދުވަހުއެވެ. އަލް ޚައިރު އާއި އަލްބެޓްރޮސް ގައި ހިމެނޭ 250 ހައްޖުވެރިން އަންނަ ހޮނިހިރު ދުވަހު ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަ ކުރެއެވެ.
ރާއްޖެއިން މިއަހަރު 1500 މީހުން ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށްޓަކައި ދިއުމަށް ވަނީ ހަމަޖެހިފައެވެ.
ލައިވް ބްލޮގް: ހައްޖު 1432 (މައްކާއިން)

















ޚިޔާލު