ރާއްޖޭގެ ޚަބަރު ބުރުނާއީގެ ޔުނިވާސިޓީއެއްގެ ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ބުރުނާއީގެ ޔުނިވާސިޓީއެއްގެ ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ބުރުނާއީގެ ޔުނިވާސިޓީއެއްގެ ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބުރުނާއި ދާރުއްސަލާމުގެ ގައުމީ ޔުނިވަސިޓީ (ޔޫބީޑީ)ގެ ސްކޮލާޝިްޕތަކަށް ކުރިމަތިލުމުގެ ފުރުސަތު ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އިން ހުޅުވާލައިފައެވެ. މިއީ ޔޫބީޑީ އިން އައުޔޫއެމް އަށް ދީފައިވާ ސްކޮލަޝިޕް ފުރުސަތުތަކެކެވެ.

މިގޮތުން އައިޔޫއެމް އިން ބޭނުންވާ ދާއރާތަކަކުން މާށްޓާސްއަދި ޕީއެޗްޑީ ފެންވަރުގެ ކޯސްތަކަށް ވަނީ ފުރުސަރު ހުޅުވާލައިފައެވެ. މީގެ ތެރޭ ހިމެނެނީ މާސްޓާސްގެ އެއް ފުރުސަތާއި ޕީއެޗްޑީގެ ހަތަރު ފުރުސަތެވެ.

މިއީ ތައުލީމީ ދާއިރާއިން ދެވޭ ސްކޮލާޝިޕްތަކަކަށް ވާއިރު، ސްކޮލަޝިޕްތަކުގައި ޓިއުޝަންފީ ދޭނީ ޔޫބީޑީ އިންނެވެ. ދެންހުރި ހަރަދުތައް ހަމަޖައްސަން ޖެހޭނީ ދަރިވަރު އަމިއްލައަށެވެ.

ސްކޮލަޝިޕް ފުރުސަތުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހުގެ 14:00ގެ ކުރިންނެވެ.

ކޯސް ފުރިހަމަ ކުރުމަށްފަހު އިސްލާމީ ޔުނިވާސިޓީއަށް ނުވަތަ ގައުމަށް އެއްބަސްވެވޭ މުއްދަތަކަށް ހިދުމަތް ކޮށްދިނުމަށް ބޮންޑުކޮށްދޭ އެ ސްކޮލަޝިޕްތަކަށް ދިވެހި ކޮންމެ ރައްޔިތަކަށް ކުރިމަތިލެވޭއިރު، ދަރިވަރުން ހޮވުމުގައި ޔުނިވާސިޓީގެ ދާއިމީ އަދި ޕާޓްޓައިމް މުވައްޒަފުންނަށް އިސްކަންދެވޭނެ ކަމަށް އައިޔޫއެމުން ބުނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.