ރާއްޖޭގެ ޚަބަރު މުސްލިމުންގެ ގުޅުމުގެ ވެބްސައިޓް ރީލޯންޗް ކުރަނީ

މުސްލިމުންގެ ގުޅުމުގެ ވެބްސައިޓް ރީލޯންޗް ކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަހްސަން

މުސްލިމުންގެ ގުޅުމުގެ ވެބްސައިޓް ހުކުރު ދުވަހުގެ ރޭ ލޯންޗް ކުރަން ހަމަޖެހިފައިވާކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.

އެޖަމިއްޔާއިން ހާމަކުރާ ގޮތުގައި މުސްލިމުންގެ ގުޅުމުގެ ރަސްމީ ވެބްސައިޓް ރީލޯންޗް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެރޭ އެޖަމިއްޔާއާއި ޕީސް ފައުންޑޭޝަން އާއި ގުޅިގެން ބާއްވާ ހާއްސަ ދަރުސްގައި ކަމަށާއި އެރޭ އިން ފެށިގެން އެވެބްސައިޓްގެ ހިދުމަތް ލިބިދާނެކަމަށެވެ. މުސްލިމުންގެ ގުޅުމަކީ ގިނަ ދުވަސްތަކެއްވަންދެން ހިނގަމުން އަންނަ ޖަމިއްޔާއަކަށް ވެފައި އެޖަމިއްޔާއިން ހިންގާ ހަރަކާތްތަކާއި ބެހޭ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ލިބޭނެކެމަށްވެސް އެޖަމިއްޔާއިން ހާމަކުރެއެވެ.

މުސްލިމުންގެ ގުޅުމަކީ 1982 ވަނަ އަހަރު ވުޖޫދަށް އައިސްފައިވާ ޖަމިއްޔާއެކެވެ.

ޓެގް

ދީން މުސްލިމުންގެ ގުޅުން ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.