އިންސާނާ މައިމިހާގެ ރަޙިމުގައި އުފެދިބޮޑުވަނީ ތަފާތު މަރުޙަލާތަކެއް ކަޑައްތު ކުރުމަށްފަހުގައެވެ. އެއީ މަތީގައި 6މަރުޙަލާއެކެވެ.އެކި މަރުޙަލާތަކަށް ކީރިތި ޤުރުއާނުގައި ތަފާތު ނަންތައްދެއްވާފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ މަރުޙަލާގެ ނަމަކަށް ދެއްވާފައިވަނީ نطفة امشاج މިނަމެވެ. މާނައަކީ އެއްކުރެވިފައިވަ ފެންފޮދެވެ. نطفة امشاجއަކީ އިންސާނާ ހެދި ބޮޑުވަމުން އަންނަގޮތާއިމެދު ޤުރުއާނުގައި އައިސްފައިވާ ޢިލްމީ މުޢުޖިޒާތްތަކުގެ ހެއްކެކެވެ. ކީރިތި ޤުރުއާނުގައި އައިސްފައިވެއެވެ. { إِنَّا خَلَقْنَا الْإِنسَانَ مِن نُّطْفَةٍ أَمْشَاجٍ } މާނައީ: "ހަމަކަށަވަރުން އެއްކުރައްވާފައިވާ މަނިތިއްކަކުން، ތިމަންރަސްކަލާނގެ އިންސާނާ ޚަލްޤުކުރެއްވީމެވެ."
ރަޙިމުގައި ހަރުލާފައި ހުންނަ ދަރިމައިވެފައިވާ ފަންޏަށްކިޔާ ނަމަކީ العلقة އެވެ. ސައިންސްގެ ދުނިޔޭގައި ޢަލަޤާއަށް ބޭނުން ކުރާ ބަހަކީ "ޒައިގޯޓް" އެވެ. ޢަލަޤާ ނުވަތަ ޒައިގޯޓް ގެ މަރުޙަލާ ފެށެނީ ބަލިވެއިންނަތާ 15ވަނަ ދުވަހުއެވެ. އަދި މިމަރުޙަލާ ނިމެނީ 23 ނުވަތަ 24ވަނަ ދުވަހުއެވެ. ޢަލަޤާގެ މަރުޙަލާގައިވާ ޖަނީން އާއި އޭގެ ސެކްއަށް ބޭރު ފުށުން ބަލާއިރު ފެންނަނީ ގަނޑުލޭކޮޅަކާ އެއްވައްތަރު ގޮތަކަށެވެ. މިއީ ޢަލަޤާގެ މަރުޙަލާގައިވާ ޖަނީންގައި ޖަމާވެފައިވާ ލޭގެ މިންވަރު މަތިކަމުން ދިމާވާ ގޮތެކެވެ.ހަމައެހެންމެ މިދުވަސްވަރު ޢަލަޤާގައި ހުންނަ ލެއަކީ ދައުރުކުރާ ލެއެއްނޫނެވެ. މިގޮތުން ތިންވަނަ ހަފްތާ ނިމެންދެން ޖަނީންގައި ޖަމާވެފައިވާ ލޭ ދައުރު ނުކޮށް ހުރެއެވެ. މިމަރުޙަލާގައި ޖަނީން ގަނޑުލޭކޮޅަކާއި އެއްވައްތަރުވާނެއެވެ.ެ. الشيخ المراغيވިދާޅުވާގޮތުގައި ޢަލަޤާ އެއީ"ބްލަޑް ކްލޮޓޮ" ނުވަތަ ގަނޑުލޭކޮޅެވެ. މިހާ ފުރިހަމަކޮށް މިކަން އެހެންފަރާތަކަށް ކުރވިދާނެ ހެއްޔެވެ.ﷲތަޢާލާ ނޫން އެހެން ކަލަކު މިކަަމަށް ކުޅަދާނަވެގެން ނުވެއެވެ.
ޢަލަޤާގެ މަރުޙަލާ ނިމުމަށްފަހު ދެން ފެށިގެންދަނީ މުޟްޢާގެ މަރުޙަލާއަށެވެ.މިމަރުޙަލާއަށް ފެށިގެންދަނީ ބަލިވެއިންނަތާ 24ވަނަ ދުވަހުން ފެށިގެން 26ވަނަ ދުވަހާއި ދެމެދުއެވެ. މިމަރުޙަލާ ފެށެނީ، ހަށިގަނޑުގެތަންތަންކޮޅު ނުވަތަ ސޮމައިޓްސް ފާޅުވާން ފެށުމުންނެވެ. އެއީ، 24 ވަނަދުވަހު، ނުވަތަ 25 ވަނަ ދުވަހު ފީޓަސްގެ ބޯކޮޅުންނެވެ. އެއަށްފަހުމަޑުމަޑުން ފަޔާއި ނުވަތަ ނިގޫކޮޅާއި ދިމާއަށް ސޮމައިޓްސް ފާޅުވުންކުރިއަށްދެއެވެ. 28 ވަނަ ދުވަހު، ބަނޑުގައިވާ ދަރިފުޅު ވައްތަރުވާނީ،އަނގަޔަށްލައި ހަފާލާފައިވާ މަސްކޮޅެއް ނުވަތަ ޗުވިންގަމް ކޮޅަކާއިއެވެ.
މުޟްޢާގެ މަރުޙަލާ ނިމުމަށްފަހު ދެން ފެށިގެންދަނީ ޢިޡާމާގެ މަރުޙަލާއެވެ. މިމަރުޙަލާއަށް ކީރިތިޤުރުއާނުގައި ދެއްވާފައިވާ އަލްޢިޡާމް (ކަށި)އަކީ، ބަނޑުގައިވާ ދަރިފުޅު ސިފަކުރުމަށް، މިދުވަސްކޮޅު ބޭނުންކުރަންއެންމެ ރަނގަޅު މުޞްޠަލަޙުއެވެ. "عظام"ގެ މާނައަކީ ކަށްޓެވެ.މިދުވަސްވަރަކީ މަޑުކަށިތައް އުފެދި އިންސާނެއްގެ ބައްޓަން އެމްބްރިޔޯ އަށް އަންނަ ދުވަސްވަރެވެ.
ރަޙިމުގައި، ދަރިފުޅު އޮންނައިރު، އޭނާގެ ވަށައިގެން 3 އަނދިރިކަމެއްގައި ދަރިފުޅު ވާކަމަށް، ޢިލްމުވެރިން ވިދާޅުވެއެވެ. ހާރޫން ޔަޙްޔާ ވިދާޅުވާގޮތުގައި އިންސާނާ މައިމީހާގެ ބަނޑުގައި ހޭދަކުރާ 3 އަނދިރިކަމަކީ ބިސް ދަތުރުކުރާ ހޮޅި (ފެލޯޕިއަން ޓިއުބް)ގައި ހޭދަވާ މުއްދަތާއީ، (މިއީ ބިހާއި ފަނި އެކަތި އަނެކައްޗާއި ގުޅި ލާމެހޭ ތަނެވެ. އަދި ބިސް އުފައްދާ ގުނަވަނާއި ރަޙިމާއި ދެމެދުގައިވާ ގުޅުމެވެ.) ރަޙިމުގެ ފާރާއި ޖަނީން އެތަނެއްގައި އިނދެ ބޮޑުވާ ތަންކަމުގައިވާ ފެންދުއްޔެވެ.
މިތިން އަނދިރިކަމުގެ ވާހަކަ ކީރިތި ޤުރުއާނުގައި އައިސްފައިވަނީ މިފަދައިންނެވެ. { يَخْلُقُكُمْ فِي بُطُونِ أُمَّهَاتِكُمْ خَلْقًا مِنْ بَعْدِ خَلْقٍ فِي ظُلُمَاتٍ ثَلَاثٍ} މާނައަކީ: ''ތިޔަބައިމީހުންގެ މައިންގެ ބަނޑުގައި، ތިން އަނދިރިކަމެއްގެ ތެރޭގައި، އެއްޚަލްޤަކަށްފަހު އަނެއް ޚަލްޤަކަށް ހެއްދެވުމުން އެސުވާމީންގެތިޔަބައިމީހުން ފުރިހަމައަށް ހެއްދެވިއެވެ." (ނުނިމޭ)

















ޚިޔާލު