ރާއްޖޭގެ ޚަބަރު ހޯމް މިނިސްޓަރާއި ކުރީގެ ހެލްތު މިނިސްޓަރު ވެސް އަދާލަތުން ނިންމި ނިންމުމުން ހިތްވަރު ލިބިގަނެއްޖެ

ހޯމް މިނިސްޓަރާއި ކުރީގެ ހެލްތު މިނިސްޓަރު ވެސް އަދާލަތުން ނިންމި ނިންމުމުން ހިތްވަރު ލިބިގަނެއްޖެ

ހޯމް މިނިސްޓަރާއި ކުރީގެ ހެލްތު މިނިސްޓަރު ވެސް އަދާލަތުން ނިންމި ނިންމުމުން ހިތްވަރު ލިބިގަނެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހޯމް މިނިސްޓަރާއި ކުރީގެ ހެލްތު މިނިސްޓަރު ވެސް އަދާލަތުން ނިންމި ނިންމުމުން ހިތްވަރު ލިބިގަނެފައިވާ ކަމަށް ހުރިހާ ރައްޔިތުންވެސް ބޭއިންސާފާއި ދެކޮޅަށް ތެދުވުމަށް ޢަދާލަތު ޕާޓީގެ ރައީސް ގޮވާލައްވައިފިއެވެ.

ރޭ ވީޓީވީގައި ވާހަކަ ދައްކަވަމުން ޢަދާލަތު ޕާޓީގެ ރައީސް ޝެއިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވީ ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ހަމަޔާއި އިންސާފުން ބޭރުން ކަންކަން ކުރާނަމަ އެކަމާއި ދެކޮޅަށް ޢަދާލަތު ޕާޓީން ތެދުވާނެ ކަމަށާއި މިހާރު ރާއްޖެއިން ފެންނަނީ އަދުލު އިންސާފު ނެތިގެންދާ މަންޒަރު ކަމަށެވެ.

އެގޮތުން ސަރުކާރުން ސިޔާސީ ވާދަވެރިންނަށް އަނިޔާވެރި ވަމުން ދާކަމަށާއި، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ ފްރޭމް ކޮށްގެން ކުރާ ތުހުމަތު ތަކެއްކަން ދެނެވަޑައިގަންނަވާ ބޭފުޅުން ފުލުހުންނާއި ޕީޕީއެމްގެ ތެރޭގައި ވެސް ތިއްބެވި ކަމަށެވެ.

އަދި ނާޒިމްގެ މައްޗަށްކުރާ ތުހުމަތު ތަކުގެ ހަގީގަތް އެނގޭ އެތައްބަޔަކު ސަރުކާރުގެ ތެރޭގައިވެސް ތިބިކަމުގައި ޢިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ނާޒިމްގެ މައްސަލަޔާއި ގުޅިގެން އަދާލަތުން ނިންމި ނިންމުމުން ހިތްވަރު ލިބިގަނެގެން ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ހެލްތު މިނިސްޓަރު މަރިޔަމް ޝަކީލާވެސް މިހާރު ވާހަކަފުޅު ދައްކަވަން ފައްޓަވާފައިވާ ކަމަށާއި، ސަރުކާރާއި ޕީޕީއެމާއި ފުލުހުންގެ ތެރޭގައި ތިއްބެވި ޙަޤީޤަތް ދެނެލައްވާ ބޭފުޅުން ޙަޤީޤަތް ވިދާޅުވެ ދެއްވަން ފަސްޖެހި ވަޑައި ނުގަތުމަށް ގޮވާލައްވާ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.