ރާއްޖޭގެ ޚަބަރު ނާޒިމް ފްރޭމްކުރިކަން ދަންނަ ފަރާތްތަކުން އެކަން ހާމަކުރަން ފަސްނުޖެހުމަށް ގޮވާލައިފި

ނާޒިމް ފްރޭމްކުރިކަން ދަންނަ ފަރާތްތަކުން އެކަން ހާމަކުރަން ފަސްނުޖެހުމަށް ގޮވާލައިފި

ނާޒިމް ފްރޭމްކުރިކަން ދަންނަ ފަރާތްތަކުން އެކަން ހާމަކުރަން ފަސްނުޖެހުމަށް ގޮވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ނާޒިމް ފްރޭމްކުރިކަން ދަންނަ ފަރާތްތަކުން އެކަން ހާމަކުރަން ފަސްނުޖެހުމަށް ޢަދާލަތު ޕާޓީގެ ރައީސް ގޮވާލައްވައިފި އެވެ.

މިކަން ހާމަ ކުރައްވައި ޢަދާލަތު ޕާޓީގެ ރައީސް ޝެއިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވީ ނާޒިމް ފްރޭމްކުރިކަން ޔަޤީން ކަމާއި އެކު އެނގިވަޑައިގަންނަވާ ފަރާތްތަކުން އެކަން ހާމަކުރެއްވުމަށް ފަސްޖެހިވަޑައި ނުގަތުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ޝެއިޚް ޢިމްރާން މިކަމަށް ގޮވާލެއްވި އިރު، ޕީޕީއެމްގެ ކުރީގެ ތަރުޖަމާން އަހުމަދު މަޚްލޫފު ވަނީ ނާޒިމް ފްރޭމް ކޮށްފައިވާކަން ހާމަކޮށް ނާޒިމްގެ ދިފާޢުގައި މަސައްކަތް ކުރައްވާނެ ކަން ހާމަ ކުރައްވާފައެވެ.

އަދި މަޚްލޫފު ގެންދަވަނީ ނާޒިމްގެ ޢާއިލާގެ ފަރާތުން ބޭރުގެ މީޑިޔާ ތަކާއި ސަރުކާރު ތަކަށް އެ މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުން ތަކުގައިވެސް ބައިވެރިވެ ވަޑައިގެންފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.