ޕީޕީއެމްގެ މަޖިލިސް މެންބަރުންނާއި ވަޒީރުން ރައީސް ޔާމީނާ ދެކޮޅަށް ނުކުންނާނެ ކަމަށް އެޕާޓީގެ ކުރީގެ ތަރުޖަމާން އަހުމަދު މަޚްލޫފު ވިދާޅުވެއްޖެއެވެ.
މަޚްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުރަތަމަ ޖުމްހޫރީ ޕާޓީ ކަމަށާއި، ދެން މަޚްލޫފު ކަމަށާއި، އެއަށްފަހު ޢަދާލަތު ކަމަށެވެ.
ﷲގެ އިރާދަ ފުޅާއިއެކު ދެން ރައީސް ޔާމީނާއި ދެކޮޅަށް ނުކުމެ ވަޑައިގަންނަވާނީ ބައެއް ވަޒީރުންނާއި، ޕީޕީއެމްގެ މަޖިލިސް މެންބަރުން ކަމަށް މަޚްލޫފު ވަނީ ވިދާޅުވެފައެވެ.
ޕީޕީއެމް އުފެއްދުމުގައި އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގެންނެވި އަހުމަދު މަޚްލޫފު އެޕާޓީން ވަކިކޮށްފައި ވާއިރު، ފަހަކަށް އައިސް މަޚްލޫފުގެ ބަހުގެ ޙަމަލާތައް ރައީސް ޔާމީނަށް އަމާޒުވާލެއް ގިަނަކަން ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...