މަދީނާގެ އަލްމަސްޖިދުލް ނަބަވީގެ މުއައްޛިން ( ބަންގި ގޮވާ ބޭފުޅާ ) އަދި މަދީނާ ޔުނިވަރސިޓީގެ އުސްތާޛު، އައްޝައިޚް އިޔާދު ބިން އަޙްމަދު ބިން ޢައްބާސް ޝުކްރީ ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.
ޖަމްޢިއްޔަތުއްސަލަފުން ވިދާޅުވީ އެ ޖަމިއްޔާގެ ދަޢުވަތަކަށް މިމަހުގެ 20 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާ އައްޝައިޚް އިޔާދު ބިން އަޙްމަދު ބިން ޢައްބާސް ޝުކްރީ ރާއްޖެވަޑައިގެން ޖަމްޢިއްޔަތުއްސަލަފުގެ ގިނަ ޕްރޮގްރާމުތަކެއްގައި ބައިވެރިވެ ވަޑައިގަންނަވާގޮތަށް ހަމަޖެހިފައި ވާކަމަށެވެ.
އެގޮތުން މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ބާއްވާ ޖަމްޢިއްޔަތުއްސަލަފުގެ ތަޢުލީމީ މަޝްރޫޢު އިފްތިތާޙުކޮށް ދެއްވުމާއި، ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިމަހު ށ.އަތޮޅުގެ ހުރިހާ ރަށެއްގައި ބާއްވާ ޚާއްޞަ "ރިޙްލާ" ދަތުރުގައިވެސް ބައިވެރިވެވަޑައިގަންނަވާގޮތަށް ހަމަޖެހިފައި ވާކަމަށްވެސް ސަލަފުން ވިދާޅުވިއެވެ.
އައްޝައިޚް އިޔާދު ބިން އަޙްމަދު ބިން ޢައްބާސް ޝުކްރީ ރާއްޖެއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހު އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...