ރާއްޖޭގެ ޚަބަރު ނާޒިމްގެ ގާނޫނީ ޓީމަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޕީޖީ ދެއްވައިފި

ނާޒިމްގެ ގާނޫނީ ޓީމަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޕީޖީ ދެއްވައިފި

ނާޒިމްގެ ގާނޫނީ ޓީމަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޕީޖީ ދެއްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމާއި މެދު ކަމާ ބެހޭ މުއައްސަސާތައް މެދުވެރިކޮށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޕްރޮސިކިޔުޓާ ޖެނެރަލް މުހުތާޒް މުހުސިން ދެއްވައިފި އެވެ.

ނާޒިމްގެ ވަކީލުންނަށް އިންޒާރުކުރައްވައި ޕީޖީ މުހުތާޒް ބަޔާނެއް ނެރުއްވީ ބުރާސްފަތި ދުވަހު ހަވީރު ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކާއި ގުޅިގެންނެވެ.

މި ބައްދަލުވުމާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ޝަރުއީ މަރުހަލާގައިވާ މައްސަލައަކާއި ގުޅޭ ގޮތުން ކޯޓުން ބޭރުގައި މައްސަލައަށް ސީދާ އަސަރު ފޯރާ ގޮތަށް ނާޒިމުގެ ގާނޫނީ ވަކީލުންގެ ޓީމުން ދައްކަމުންދާ ކަމަށާއި، މި ވާހަކަތަކާއި ގުޅިގެން ދައުލަތުގެ ކަމާއި ގުޅުން ހުރި މުއައްސަސާތަކުން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ނާޒިމްގެ ގާނޫނީ ވަކީލް މައުމޫން ހަމީދު އިއްޔެ ވިދާޅުވީ ނާޒިމް ދިރިއުޅުންވާ ގެއިން ފެނުނު ކަމަށް ފުލުހުން ބުނާ ހަތިޔާރުން ފެނުނު ފިންގަޕްރިންޓްގައި ނާޒިމް އާއި ނާޒިމްގެ އައިލާގެ އެއްވެސް މެންބަރެއްގެ ފިންގަ ޕްރިންޓް ނެތް ކަމަށެވެ. ފިންގަޕްރިންޓް ދިމާނުވާ ކަން ފުލުހުންގެ ތަހުގީގު ރިޕޯޓުން އެނގޭ އިރު، ހަތިޔާރުގައި ވަނީ ކާކުގެ ފިންގަޕްރިންޓެއްތޯ ތަހުގީގުކޮށް، އެ މީހަކު ހޯދަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ތަޙުޤީޤަށް ބަޔާން ދިން ފަރާތްތައް ސިއްރު ކޮށްފައި ވާއިރު، ބަޔާން ތަކުން ގިނަ ވާހަކަ ތަކެެއްވެސް ސެންސަރުކޮށް ކަނޑާފައި ވާތީ ދިފާޢު ބިނާ ކުރަން ދަތިވާކަމަށް ނާޒިމްގެ ޤާނޫނީ ޓީމުން ވިދާޅުވިއެވެ.

ޕީީޖީ އޮފީހުން ނެރުނު ނޫސްބަޔާނުގައި އިތުރަށް ވިދާޅުވީ ނާޒީމްގެ ގާނޫނީ ވަކީލުން ޕީޖީގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދައްކަމުންދާ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.