ޢަދާލަތު ޕާޓީގެ އިސްވެރިން ރައީސް ޔާމީނާއި ބައްދަލުކުރައްވައިފިއެވެ.
ދެ ގަޑިއެއްހާއިރަށް ދެމިގެން ދިޔަ މިބައްދަލުވުމާއި ބެހޭ ގޮތުން ޢަދާލަތު ޕާޓީއިން ހާމަކުރި ގޮތުގައި "ސިޔާސީ މަސްރަހުގައި އަދާލަތު ޕާޓީން ކަންބޮޑުވާ ކަންތައްތައް ރައީސް ޔަމީނަށް ވަނީ ދަންނަވާފައި" ކަމަށާއި "ރައީސް ޔާމީންވެސް އެކަންކަމާއި ދެކޭގޮތް ވަނީ ވިދާޅުވެފައި." ކަމަށެވެ.
މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ރައީސް އޮފީހުގައެވެ. މިއަދު މެންދުރު ފަހު 1:15 އިން ފެށުނު މިބައްދަލުވުމުގައި އަދާލަތު ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފް ހުސެއިނާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ޝެއިޚް މުހައްމަދު ދީދީ އާއި އަލްއުސްތާޒް އަސަދުﷲ ޝާފީ އަދި ޢަދާލަތު ޕާޓީގެ އަމީން އާއްމު އިޔާދު ހަމީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޢަދާލަތުން އިތުރަށް ހާމަކުރި ގޮތުގައި "ރައީސް ޔާމީން އާއި މިއަދު ބޭއްވި ބައްދަލުވުމާއި ގުޅޭގޮތުން ނިންމާ ގޮތެއް މަޝްވަރާ މަޖިލިސް އާއި ހިއްސާކުރުމަށްފަހު ހާމަކުރާނެ"ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...