ރާއްޖޭގެ ޚަބަރު ޤާނޫނު އަސާސީ އާއި އެއްގޮތަށް ނާޒިމްގެ ޙައްޤުތައް ހޯދައިދިނުމަށް ޕީޖީ ވަނީ ނުކުޅެދިފަ: ނާޒިމް

ޤާނޫނު އަސާސީ އާއި އެއްގޮތަށް ނާޒިމްގެ ޙައްޤުތައް ހޯދައިދިނުމަށް ޕީޖީ ވަނީ ނުކުޅެދިފަ: ނާޒިމް

ޤާނޫނު އަސާސީ އާއި އެއްގޮތަށް ނާޒިމްގެ ޙައްޤުތައް ހޯދައިދިނުމަށް ޕީޖީ ވަނީ ނުކުޅެދިފަ: ނާޒިމް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ނާޒިމްގެ ޙައްޤުތައް ހޯދައިދިނުމަށް ޕްރޮސެކިޔުޓަރ ޖެނެރަލް މުހުތާޒު މުހުސިން ނުކުޅެދިފައި ވާކަމަށާއި، މައްޗަށް ކުރާ ޝަރީއަތް އާންމުކޮށް ހުޅުވާލުމަށް ނާޒިމް ޕީޖީއާއި ރައީސް ޔާމީނުގެ ކިބައިން އެދިވަޑައިގެންފި އެވެ.

މިކަމަށް އެދިވަޑައިގެން އެ ދެބޭފުޅުންނަށް ދޫނިދޫ ކަސްޓޯޑިއަލްގެ ނަމުގައި ނާޒިމް ފޮނުއްވި ދެ ސަފްޙާގެ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ އޭނާއާ މެދު ދައުލަތުގެ ނަމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ކުރައްވާފައިވާ ދައުވާއަކީ، އުފައްދާފައިވާ ހެކިތަކެއްގެ މައްޗަށް ކުރައްވާ ދައުވާއެއް ކަމަށް ތަކުރާރުކޮށް އޭނާ ހާމަ ކުރައްވާފައިވީ ނަމަވެސް، އޭނާގެ ކިބައިން ގެއްލެމުންދާ ހައްގުތައް ނެގެހެއްޓުމަށް ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ދަށުން އެއްވެސް މަސައްކަތެއް ކުރައްވަމުން ގެންދަވާ ކަމުގެ އެއްވެސް އިޝާރާތެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތްޕުޅުން އަދިއަދަށް ވެސް ފެނިފައިނުވާ ކަމަށެވެ.

އެހެން ކަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް ގާނޫނޫގައިވާ ގޮތުގެ މަތިން އަދާކުރައްވާނެ ކަމަށް ބަރޯސާ ވެވެން ނެތް ކަމަށާއި، އޭނާގެ ހައްގުތައް ދިފާއުކޮށް ނެގެހެއްޓުމަށް ދެން އޮތް އެންމެ ބޮޑު ޔަޤީން ކަމަކީ، އާއްމުކޮށް ހުޅުވާލެވިގެން، ރައްޔިތުންގެ ކުރިމަތީގައި ކުރެވޭ އިންސާފުވެރި ޝަރީއަތަކުން އެކަނި ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އަދި މީގެ ކުރިންވެސް މިފަދަ ޝަރީއަތްތައް ބާއްވާފައިވާކަން ފާހަގަ ކުރައްވަމުން ނާޒިމް ވިދާޅުވީ ދައުލަތުގެ ފަރާތުން މިކަން އިންތިޒާމް ކުރެއްވުމަށް ފޯރުންތެރިކަން ނެތް ނަމަ، އޭނާގެ އަމިއްލަ ޚަރަދުގައިވެސް ދަރުބާރުގޭ މާލަމެއް ކުއްޔަށް ހިއްޕަވައި، މިކަމުގެ އިންތިޒާމްތައް ހަމަޖެއްސެވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

ނާޒިމް މިހެން ވިދާޅުވެފައި ވަނީ އެހެން ޝަރީޢަތް ތަކާއި ޚިލާފަށް ނާޒިމްގެ ޝަރީޢަތަށް ނޫސްވެރިންނާއި ޢާއްމުން ނުވައްދައި ހަމައެކަނި ފަނޑިޔާރުންނާއި ޕީޖީ އާއި ވަކީލުންނާއި ޢާއިލާ އެކަނި ވައްދައިގެން ބަންދު ކޮޓަރީގައި ޝަރީޢަތުގެ މަޖިލިސް ތަކެއް ކުރިޔަށް ގެންގޮސްފައި ވަނިކޮށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.