ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ ގުޅިގެން މާލެތެރޭގައި ކޮންމެ ރެޔަކު ކުރަންފަށާފައިވާ މުޒާހަރާ ތަކުގައި ނޫސްވެރިންނަށް ކުރިމަތިވާ ގެއްލުމާއި ހުރަސްތައް ބަލައި ދިރާސާކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވަގުތީ ކޮމެޓީއެއް އެކުލަވާލައިފި އެވެ.
މި ކަންކަން ދެނެގަތުމަށް އަލަށް އެކުލަވާލި ކޮމެޓީން މުޒާހަރާތައް ކަވަރު ކުރަމުންދާ ނޫސްވެރިންނަށް ކުރިމަތިވާ ހުރަސްތަކާއި ލިބިފައިވާ ގެއްލުން ބެލުމަށް އެ ނޫސްވެރިންނާއި ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މިއަދުވެސް ބައެއް ނޫސްވެރިން މިއަދުވެސް މޯލްޑިވްސް މީޑިޔާ ކައުންސިލަށް ވަނީ ޙާޒިރު ކޮށްފައެވެ.
އަލަށް އެކުލަވާލި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އެމްއެމްސީގެ ފަސް މެމްބަރުން ކަމަށްވާ ހުސައިން ހަސަން އާއި އަޙްމަދު ހަމްދޫން އާއި މިއުސަމް އައްބާސް އާއި މުޙައްމަދު ރަފީޤް އަދި ޙަފްސީ ޢަބްދުﷲ އެވެ. މިކޮމެޓީގެ މުޤައްރިރަކީ ހުސައިން ހަސަން އެވެ. އަދި ނާއިބު މުޤައްރިރަކީ އަޙްމަދު ހަމްދޫންއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...