ކުރީގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދީފިއެވެ.
ނާޒިމަށް ހޮސްޕިޓަލުގައި ފަރުވާ ދީފައި ވަނީ ރޭ އިރާކޮޅު އެ ހޮސްޕިޓަލަށް ގެންގޮސްގެންނެވެ.
ނާޒިމް ހޮސްޕިޓަލަށް ގެންދިޔަ ޚަބަރު ސޯޝަލް މީޑިޔާގައި ފެތުރުމާއި އެކު ގިނަ ބަޔަކު ވަނީ ނާޒިމްގެ ޙާލުކޮޅު ދެކިލުމަށް ހޮސްޕިޓަލަށް ޒިޔާރަތް ކޮށްފައެވެ.
މީގެ ތެރޭގައި ސިޔާސީ އިސް ބޭފުޅުންވެސް ހިމެނި ވަޑައިގަންނަވާއިރު ނާޒިމާއި އެކު ސެލްފީ ނަންގަވައި ބައެއް ސިޔާސީ ބޭފުޅުން ވަނީ ޓްވިޓަރ ގައި ވެސް އެކަން ޢާއްމު ކުރައްވާފައެވެ.
Nazim faruvaadhinumah ADK ah genaumahfahu gendhanee pic.twitter.com/YV9W3SpIbc
— Ahmed Mahloof (@AhmedMahloof) February 28, 2015
މަޢުލޫމާތު ލިބިފައިވާ ގޮތުން ނާޒިމް ހޮސްޕިޓަލަށް ގެނައިކަން ޢާއިލާ އަށްވެސް އެނގިފައި ވަނީ ސޯޝަލް މީޑިޔާގެ ޒަރީޢާއިންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...