އަވައްޓެރި ސްރީލަންކާގެ ރައީސަށް ރާއްޖޭގެ ޙާލަތާބެހޭ މަޢުލޫމާތު ޖުމްހޫރީ ޕާޓީން ފޯރުކޮށްދީފިއެވެ.
މި މަޢުލޫމާތު ފޯރުކޮށްދީފައި ވަނީ އިދިކޮޅު ޕާޓީ ތަކުގެ ފަރާތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ސްރީލަންކާގެ ރައީސް މައިތްރިޕާލާ ސިރިސޭނާއާއި އެކު ބޭއްވި ބައްދަލު ވުމެއްގައެވެ.
ގާސިމް އިބްރާހީމް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމް ސިންހައާއިވެސް ބައްދަލުކުރައްވައިފަ އެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިހާރު ހިނގަމުންދާ ކަންކަމާއި ގުޅޭ މައުލޫމާތު ލަންކާ ސަރުކާރުގެ އިތުރުން ލަންކާގައި ތިއްބަވާ ބޭރުގެ ޑިޕްލޮމޭޓުންނާ ވެސް ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ ގުޅިގެން ގެންދަނީ ފޯރުކޮށްދެމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...