ރާއްޖޭގެ ޚަބަރު މިނިވަންކަން ބޭނުން ކުރާއިރު ހަމަނުޖެހުމަށް ފުރުޞަތު ނުދިނުން މުހިންމު: ޢަދާލަތު

މިނިވަންކަން ބޭނުން ކުރާއިރު ހަމަނުޖެހުމަށް ފުރުޞަތު ނުދިނުން މުހިންމު: ޢަދާލަތު

މިނިވަންކަން ބޭނުން ކުރާއިރު ހަމަނުޖެހުމަށް ފުރުޞަތު ނުދިނުން މުހިންމު: ޢަދާލަތު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މުޒާހަރާ ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ބޭނުން ކުރާއިރު ހަމަނުޖެހުމަށް ފުރުޞަތު ނުދިނުން މުހިންމު ކަމަށް ޢަދާލަތު ޕާޓީގެ ރައީސް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ ގުޅިގެން މިއަދު މާލޭގައި ބޮޑު މުޒާހަރާ އެއް ކުރުމަށް ތައްޔާރު ވަމުން ދަނިކޮށް ޝެއިޚް ޢިމްރާން މިއަދު މެންދުރުފަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ ބޭނުން ކުރައްވާއިރު، ހަމަ ނުޖެހުމަކަށް އެއްވެސް ފުރުޞަތެއް ނުދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ހަމަނުޖެހުން ތަކަށް ފުރުޞަތު ނުދިނުމަށް ޢަދާލަތު ޕާޓީން ގޮވާލާފައި ވާއިރު، ހަމަނުޖެހުން ހިންގައި މަގުމަތިން ސަރުކާރު ވައްޓާލަން އުޅޭ ކަމަށް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން އަންނަނީ ވިދާޅުވަމުންނެވެ.

އެހެން ނަމަވެސް ޢަދާލަތު ޕާޓީގައި ހިމެނި ވަޑައިގަންނަވާ ހަމައެކަނި މަޖިލިސް މެންބަރު އަނާރާ ނަޢީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މަގުމަތިން ވެރިކަން ބަދަލު ކުރުމަކީ ޢަދާލަތު ޕާޓީން އެއްވެސް އިރެއްގައި ތަރުޙީބު ދޭނެ ކަމެއް ނޫން ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.