ނޫސްވެރިކަމުގެ މިނިވަންކަން ނައްތާލުމަށް ސަރުކާރާއި އަމިއްލަ ބައެއް ފަރާތްތަކުން ކުރާ މަސައްކަތްތައް ހުއްޓާލުމަށް އެމްޑީޕީން ގޮވާލައިފިއެވެ.
އެޕާޓީން ނެރުނު ބަޔާނެއްގައި ނޫސްވެރިކަމުގެ މިނިވަންކަން ނައްތާލުމަށް ސަރުކާރުންނާި އަމިއްލަ ބައެއް ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތް ހަމަ މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފައި ވާއިރު، ނޫސްވެރިކަމާއި ހިޔާޅު ފާޅުކުރުމުގެ މިނިވަންކަން ދިފާއުކުރަން އެމްޑީޕީން އަބަދުވެސް މަަސައްކަތް ކުރާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އެމްޑީޕީން ބުނީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމޮކްރެސީއެއް ދެމިއޮތުމުގެ މައިގަނޑު އެއް ތަނބުކަމަށާއި، ރާއްޖޭގެ ނޫސްވެރިންނަށާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް މިފަދައިން ބިރުދައްކައި، ގޯނާކޮށް އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުމަކީ އެއްވެސް ގޮތަކުން ބަލައިގަންނާނެ ކަންކަމެން ނޫންކަމަށެވެ.
އެމްޑިޕީގެ ބަޔާނުގައި ވަނީ ޓީވީއެމްގެ ނޫސްވެރިއަކާއި މެދު އެމްބީސީން ފިޔަވަޅު އަޅާފައި ވާތީ އެ ކުންފުންޏަށާއި، ރާއްޖެ ޓީވީގެ ރިޕޯޓަރަކު ކޮއްޕާލާފައި ވާތީ ފުލުހުންނަށްވެސް ފާޑު ކިޔާފައެވެ.
ފަހަކަށް އައިސް މާލެ ތެރޭގައި ކުރާ މުޒާހަރާތައް ކަވަރުކުރަން މަސައްކަތް ކުރާ ނޫސްވެރިންނަށް ފުލުހުން ހުރަސް އަޅާ ކަމަށްބުނެ ބައެއް ނޫސްވެރިން ވަނީ އެކަން ކުއްވެރި ކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...