ރާއްޖޭގެ ޚަބަރު ޕީޖީ އާއި ދެކޮޅަށް ނާޒިމް ދަޢުވާ ކޮށްފި، އެމްޑީޕީންވެސް ދަޢުވާ އަކަށް ތައްޔާރު ވަނީ

ޕީޖީ އާއި ދެކޮޅަށް ނާޒިމް ދަޢުވާ ކޮށްފި، އެމްޑީޕީންވެސް ދަޢުވާ އަކަށް ތައްޔާރު ވަނީ

ޕީޖީ އާއި ދެކޮޅަށް ނާޒިމް ދަޢުވާ ކޮށްފި، އެމްޑީޕީންވެސް ދަޢުވާ އަކަށް ތައްޔާރު ވަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޕްރޮސެކިޔުޓަރ ޖެނެރަލް މުހުތާޒު މުހުސިނާއި ދެކޮޅަށް ކުރީގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމްގެ ފަރާތްޕުޅުން ދަޢުވާ ކޮށްފައި ވަނިކޮށް އެމްޑީޕީންވެސް މިފަދަ ދަޢުވާއެއް ކޮށްފާނެ ކަމުގެ ކޮޅުމަތި ފެންނަން ފަށައިފި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމުގެ ފަރާތްޕުޅުން ޕީޖީ އާއި ދެކޮޅަށް ދަޢުވާ ކޮށްފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމްގެ ހައްގުތަކާއި މިނިވަންކަމަށް އުނިކަން ލިބޭގޮތަށް ގާނޫނީ ގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް އަދާކުރައްވަންޖެހޭ މަސްއޫލިއްޔަތު އަދާ ކުރެއްވުމަށް އިހުމާލުވެފައިވާ ކަމަށް ވިދާޅުވެއެވެ.

މިކަމާއި ގުޅޭ ގޮތުން ނާޒިމުގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ޕީޖީގެ މައްޗަށް ކުރާ ދައުވާ އިއްޔެ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މި ދަޢުވާގައި ވިދާޅުވެފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމް ހައްޔަރުކުރި ވަގުތު، ގ. އެނިފް އިން ފެނުނުކަމަށް ބުނާ ތަކެތީގެ މައްސަލައިގައި ނާޒިމްގެ މައްޗަށް ދައުވާކުރި އިރު، ފޮރެންސިކް އެނެލިސިސް ރިޕޯޓުތަކަށް ޕީޖީ ރިއާޔަތްކުރައްވާފައި ނުވާ ކަމަށާއި ފޮރެންސިކް އެނެލިސިސް ރިޕޯޓުތައް ތައްޔާރުކޮށް ނުނިމެނީސް ދައުވާކުރަން ފޮނުވާފައިވާ ކަން ފާހަގަ ކުރެވޭ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ގ. އެނިފް ފާސްކުރުމުގައި ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށްފައި ނުވާ ކަމަށާއި އެހެންކަމުން އެފަދަ ފާސްކުރުމެއްގައި ހޯދޭ ހެއްކަކީ ގާނޫނާއި ހިލާފަށް ހޯދާފައިވާ ހެކިކަމަށް ބެލުމުގެ ފުރުސަތު އޮތް ނަމަވެސް މިކަމަށް ރިއާޔަތް ކުރައްވާފައި ނުވުންވެސް ގާނޫނީ ޓީމުން ފާހަގަކޮށްފައިވެ އެވެ.

އަދި، ނާޒިމް ހައްޔަރުކުރެވުނު ހާލަތާއި ޝަރުތުތައް ރިވިއުކޮށްފައިި ނުވާކަމަށްވެސް ގާނޫނީ ޓީމުން ބުނެފައިވެ އެވެ. އަދި، ނާޒިމް ހައްޔަރުކުރުމަށް ކޯޓު އަމުރު ހޯދާފައިވާ ގޮތުން، ނާޒިމްގެ މިނިވަންކަން ގެއްލި، ހައްގުތައް އުނިވެފައިވީ ނަމަވެސް، ޕީޖީއިން މިކަންކަން ބައްލަވާފައި ނުވާ ކަމަށްވެސް ގާނޫނީ ޓީމުން ބުނެފައިވެ އެވެ.

ނާޒިމްގެ މައްޗަށް ފުލުހުން ހިންގާ ތަހުގީގުގައި ޖިނާއީ ކުށުގެ އަމަލުތައް ހިނގާފައިވާ ކަމަށް ބެލެވޭ ހިނދު އެކަމާއި ޕީޖީ އިން އެ މައްސަލަ ތަހުގީގުކުރުމަށް ޕީޖީ އިން އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާ ކަމަށްވެސް ނާޒިމްގެ ދައުވާގައިވެ އެވެ. އަދި، ޕީޖީ އިން ކުރިން ކޮށްފައިވާ ދައުވާއެއްގައި އެއް ވަޒަނަކީ ހަނގުރާމަވެރި ހަތިޔާރުކަމަށް ނިންމާފައިވާ ކަމަށާއި ނަމަވެސް، ނާޒިމްގެ ދައުވާގައި ގ. އެނިފް އިން ފެނުނުކަމަށް ބުނާ ތިން ވަޒަނަކީ ގޮވާތަކެތި ކަމުގައި ބުނެ، ޕީޖީ އިން ދައުވާ ކޮށްފައިވާ ކަމަށް ވަކީލުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެމްޑީޕީން ވެސް ވަނީ ކުރީގެ ރައީސް ނަޝީދު ހައްޔަރު ކުރި މައްސަލާގައި ޕީޖީގެ މުސްތަޤިއްލު ކަމާއި މެދު ސުވާލު އުފައްދައި ދަޢުވާ ކޮށްފާނެ ކަމުގެ ޢިޝާރާތެއް ކޮށްފައެވެ.

އެޕާޓީން ބުނީ މިހާރުގެ ޕީޖީ އަކީ ނަޝީދުގެ ސަރުކާރުން ޢަބްދުﷲ ޤާޒީ ހައްޔަރު ކުރި އިރު އެގޭތެރޭގައި އިންނެވި ބޭފުޅެއް ކަމަށާއި، މި މައްސަލާގައި ނަޝީދާއި ދެކޮޅަށް ޕީޖީ މުހުތާޒު ހެކިބަސްވެސް ދެއްވާފައި ވާކަމަށެވެ.

އެހެން ކަމުން ޕީޖީގެ މުސްތަޤިއްލު ކަމާއި މެދު އެމްޑީޕީން ސުވާލު އުފެއްދިއިރު ، މި މައްސަލަ ބަލާ ދެ ފަނޑިޔާރަކުވެސް ނަޝީދާ ދެކޮޅަށް ހެކިބަސް ދީފައި ވާކަން އެމްޑީޕީން ފާހަގަ ކޮށްފައި ވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.