ދިވެހި ރައްޔިތުންނާއި ދެކޮޅަށް ސިފައިން ހަތިޔާރު ބޭނުން ނުކުރައްވާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެ އެވެ.
ސިފައިންގެއިން ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް ސިފައިން ހަތިޔާރު ބޭނުން ކޮށްފާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ޚަބަރުތަކަކީ ދޮގު ޚަބަރުތަކެކެވެ.
ސޯޝަލް މީޑިއާގައި ފަތުރަމުންދާ މިފަދަ ދޮގު ޚަބަރުތަކަކީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމާއި ދިވެހި ލޮބުވެތި ރައްޔިތުންނާއި ސިފައިންނާ އޮންނަ ގުޅުން ހީނަރުކުރުމުގެ މަޤްސަދުގައި ފަތުރަމުންގެންދާ ދޮގު ޚަބަރުތަކެއް ކަމަށްވެސް ދިވެހި ޤައުމީ ދިފާޢީ ބާޜު، އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.
އެމްއެންޑީއެފުން މިފަދަ ބަޔާނެއް ނެރުއްވީ އަންނަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ގުޅިގެން މާލޭގައި ކުރާ މުޒާހަރާ ހުއްޓުވުމަށް ބާރުގެ ބޭނުން ކުރުމަށް ސިފައިން ތައްޔާރު ވަމުންދާ ކަމަށްބުނެ ސޯޝަލް މީޑިޔާގައި ޚަބަރު ފަތުރަމުން ދަނިކޮށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...