ރާއްޖޭގެ ޚަބަރު އިސްލާމިކް މިނިސްޓަރު ޑރ ޝަހީމަކީ އައިއެސްގެ ސިއްރު އެޖެންޓެއް؟

އިސްލާމިކް މިނިސްޓަރު ޑރ ޝަހީމަކީ އައިއެސްގެ ސިއްރު އެޖެންޓެއް؟

އިސްލާމިކް މިނިސްޓަރު ޑރ ޝަހީމަކީ އައިއެސްގެ ސިއްރު އެޖެންޓެއް؟

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިސްލާމިކް މިނިސްޓަރު ޑރ ޝަހީމަކީ އައިއެސްގެ ސިއްރު އެޖެންޓެއް ކަމަށް ވިދާޅުވެ ކުރީގެ ޚާރިޖީ ވަޒީރު އަހުމަދު ނަސީމް ބޭރުގެ މީޑިޔާތަކުގައި ދައްކަވާފައިވާ ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތައް އިސްލާމިކް މިނިސްޓަރު ކުއްވެރި ކުރައްވައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ނަސީމުގެ ވާހަކަތައް ކުއްވެރި ކުރައްވާ ކަމަށާއި، ދިވެހި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން އައިއެސްގެ ވިސްނުމާއި ފިކުރަށް ދެކޮޅު ހަދާކަން ތަފާތު މުނާސަބާ ތަކުގައި ފާހަގަ ކޮށްފައި ވާނެ ކަމަށެވެ.

ނަސީމްގެ ވާހަކަތައް ޝަހީމް ކުއްވެރި ކުރައްވާފައި ވާއިރު، ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގުޅޭގޮތުން އިންޑިޔާގެ އިސްފަރާތްތަކަށް މަޢުލޫމާތު ދެއްވުމަށް އެމްޑީޕީގެ އިސްބޭފުޅުން ތަކަކާއި އެކު މިހާރު އިންޑިޔާގެ ވެރިރަށް ނިޔުދިއްލީ އަސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުރީގެ ޚާރިޖީ ވަޒީރު ނަސީމު ވިދާޅުވެފައި ވަނީ 200 އެއްހާ ދިވެހިން އައިއެސް އާއި ގުޅިގެން ހަނގުރާމަ ކުރަމުން ގެންދާ ކަމަށާއި، އައިއެސްއަށް ހަނގުރާމަ އަށް ދިވެހިން ފޮނުވުމުގެ ފަހަތުގައި ހުންނެވީ އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ކަމަށް ތުހުމަތު ކުރެއްވޭ ކަމަށެވެ.

އަދި ޝަހީމް އަކީ އައިއެސް އާއި ގުޅިގެން މަސައްކަތް ކުރާ ސިއްރު އެޖެންޓެއް ކަމަށްބުނެ ނަސީމް ވަނީ ބޭރުގެ މީޑިޔާ ތަކުގައި ދިވެހި ރާއްޖޭގައި ވައްހާބީ އިސްލާމުން އުފައްދަނީ ޝަހީމް ކަމަށްވެސް ވިދާޅުވެފައެވެ.

ނަސީމް އަކީ މީގެ ކުރިންވެސް ޢަދާލަތު ޕާޓީ އާއި އިސްލާމް ދީނާއި ގުޅޭގޮތުން މިފަދަ ވާހަކަތައް ބޭރުގެ މީޑިޔާ ތަކުގައި ދައްކަވާފައިވާ ބޭފުޅަކަށް ވާއިރު، މިފަހަރު އޭނާ ވިދާޅުވެފައިވާގޮތުން އައިއެސްއަށް މީހުން ތަމްރީނުކޮށްދޭ މަރުކަޒަކަށް ދިވެހިރާއްޖެ ވެދާނެތީ އެންމެ 350 ހާސް މީހުން ދިރިއުޅޭ މި ރާއްޖެ އިންޑިޔާއިން ހިފަން ޖެހެއެވެ.

ނަސީމަކީ މީގެ ކުރިން ޔަހޫދީންނާއި ގާތް ގުޅުންތަކެއް ހިންގަވައި ސިއްރު އެޖެންޑާއެއްގެ ދަށުން ދިވެހިރާއްޖެ އިޒްރޭލުގެ އިސްތިއުމާރަށްވެސް ގެންދަން މަސައްކަތް ކޮށް ޤައުމަށް ޚިޔާނާތްތެރިވެފައިވާ މީހެއް ކަމަށް އިދިކޮޅު ފަރާތްތަކުން ސިފަކޮށްފައި ވަނީ ވިކިލީކްސް އިން ނަސީމް އިޒްރޭލާއި ގުޅިގެން ހިންގި ކަންތައްތައް ފަޅާ އަރުވާލުމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.