ރާއްޖޭގެ ޚަބަރު ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ ވަރަށް އަވަހަށް ޤާއިމު ކުރެވޭނެ: ނައިބު ރައީސް

ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ ވަރަށް އަވަހަށް ޤާއިމު ކުރެވޭނެ: ނައިބު ރައީސް

ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ ވަރަށް އަވަހަށް ޤާއިމު ކުރެވޭނެ: ނައިބު ރައީސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހި ރާއްޖޭގައި ވަރަށް އަވަހަށް އިސްލާމިކް ޔުނިވާސިޓީއެއް ޤާއިމު ކުރެވޭނެ ކަމަށް ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް ގާއިމް ކުރުމަށް މީގެ އެއް އަހަރު ކުރިން ޤަތަރު ސަރުކާރުން އެހީދޭނެ ކަން ހާމަކޮށްފައި ވާއިރު، ނައިބު ރައީސް ވިދާޅުވީ މިކަމާއި ގުޅޭ ގިނަ މަސައްކަތްތައް މިހާރު މުޅިން ނިމިފައިވާ ކަމަށެވެ.

އިއްޔެ ކުރެއްވި ޓްވީޓްގައި ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލު ވިދާޅުވީ ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ ގާއިމުކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމި ގާނޫނުވެސް ޑްރާފްޓް ކުރެވިފައިވާ އިރު، ވަރަށް އަވަހަށް ޔުނިވާސިޓީ ގާއިމު ކުރެވިގެންދާނެ ކަމަށެވެ.

މީގެ ތިންމަސް ކުރިން ނައިބު ރައީސް ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވެފައި ވަނީ ކުއްލިއްޔާ ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށް އެކަމާބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާކަމަށާ ކުރިއަށްއޮތް އަހަރު އެބިލް ޤާނޫނަކަށްވެގެން އިސްލާމިކް ޔުނިވަރސިޓީއަކަށް ބަދަލުވެގެން ދާނެކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.