ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޤާޞިމް އިބުރާހީމަށް ދޫކޮށްފައިވާ ފަޅުތަކާއި ރަށްތަކުގެ އެއްބަސްވުން ބާތިލު ކޮށްފިއެވެ.
ގާސިމް އިބްރާހިމް ޗެއާމަން ކަން ކުރައްވާ ވިލާ ގުރޫޕަށް ސެޓްލްމަންޓް އެގްރީމަންޓްތަކުގެ ދަށުން ދޫކޮށްފައިވާ ފަޅުތަކާއި ރަށްތަކެއްގެ އެއްބަސްވުން ބާތިލްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ވިލާ ގުރޫޕަށް ކުއްޔަށް ދީފައިވާ ތިން ރަށަކާއި ތިން ފަޅުގެ އެގްރިމެޓް ބާތިލްކޮށްފައި ވާއިރު އެ ތަންތަނުގެ އެއްބަސްވުންތައް ބާތިލްކުރީ އެއްބަސްވުމާ ހިލާފުވެފައިވާތީ ކަަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ސަރުކާރުން އެއްބަސްވުން ބާތިލްކުރި ތަންތަނުގެ ތެރޭގައި ކ. މާދިއްގަރުފަޅާއި ކ. ބޮލިދުއްފަރުފަރާއި ކ. ވާވެއްދިއްފަޅާއި ރ. މާނެންފުއްޓާއި ތ. އެލާ އާއި ގދ. ގަޒީރާގެ އެއްބަސްވުމެވެ.
ގާސިމަށް ދޫކުރި ރަށްތަކާއި ފަޅުތަކުގެ އިތުރުން، އެހެން ބައެއް ފަރާތްތަކަށް ދޫކޮށްފައިހުރި ބައެއް ރަށްތަކާއި ފަޅުތަކުގެ އެގްރީމަންޓް ތައްވެސް ސަރުކާރުން ވަނީ ބާތިލްކޮށްފަ އެވެ.
ވިލާ ގުރޫޕުގެ ދަށުން ހިނގަމުންދާ ބައެއް ސަބްސިޑަރީ ކުންފުނިތަަކށް ސަރުކާރުން ދޫކޮށްފައިވާ ބައެއް ތަންތަނާ ދެކޮޅަށް މީގެ ކުރިންވެސް ރައީސް ޔާމީނުގެ ސަރުކާރުން ފިޔަވަޅު އަޅައި އެގްރިމެންޓްތައް ބާޠިލު ކޮށްފައި ވެއެވެ. އެގޮތުން ވިލާ ގުރޫޕަށް ދޫކޮށްފައިވާ ލ. ބަރެސްދޫ ސަރުކާރަށް ނަގައި ވިލާ އެއާ އިން މާމިގިލީގައި ހަދާފައިވާ އެއާޕޯޓަށް ދޫކޮށްފައިވާ ބައިނަލްއަގްވާމީ އެއާޕޯޓެއް އޮޕަރޭޓް ކުރުމުގެ ހުއްދަވެސް ބާތިލު ކޮށްފައި ވެއެވެ.
އަދި ވިލާ ގުރޫޕުގެ ހޮރަޒައިން ކުންފުނިން ލ. މާންދޫގައި ތަރައްގީކޮށްފައިވާ މަސް ފެކްރަޓީ ސަރުކާރަށް ނެގުމަށް ނޯޓިސް ދީފައިވާއިރު، ވިލާ ގުރޫޕުން ހިންގި ދެ އެއާޕޯޓެއްގެ އެއްބަސްވުން ސަރުކާރުން ވަނީ ބާތިލްކޮށްފަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...