މިހާރު ދުނިޔެއަށް ކުރިމަތި ވެގެން އުޅޭ ޙާލަތަކީ ފިތުނައިގެ ޙާލަތު ކަމަށާއި، ފިތުނައިގެ ހާލަތުން އަލިވިލެންދެން އަމިއްލަ ޤައުމަށް ޚިދުމަތް ކުރުން މާރަނގަޅު ކަމަށް ޖަމިއްޔަތުއް ސަލަފްގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދިވެހި ޒުވާނުން ޖިހާދުގެ ނަމުގައި ސީރިޔާއަށް ދަތުރުކުރާ މައްސަލަ އަށް އަލިއަޅުއްވާ ލައްވަމުން ވީމީޑިޔާގައި ޝެއިޚް ވިދާޅުވެފައި ވަނީ ދީނަށް ލޯބިކުރާ އިލްމުވެރި ޒުވާނުންގެ ހިދުމަތް ދިވެހިރާއްޖެއަށް ފުދޭ މިންވަރާއި ގާތަށްވެސް ނުލިބޭއިރު ޖިހާދުގެ ނަމުގައި ސޫރިޔާއަށް މިވަގުތު ދިވެހި ޒުވާނުން ދިއުން އައުލާވެގެން ނުވާ ކަމަށެވެ.
ޝެއިޚް ޢަބްދުﷲ ވިދާޅުވެފައި ވަނީ ޖިހާދަކީ މާތް ﷲގެ ކަލިމަފުޅު ނުވަތަ އިސްލާމްދީން މަތިވެރި ކުރުމަށް ޙައްޤު ގޮތުގައި ކުރެވޭ އަޅުކަމެއް ނަމަވެސް އެފަދަ ދިދައެއް މިވަގުތު ސީރިއާގައި އުފުލިފައި ނެތް ކަމަށެވެ.
އެހެން ނަމަވެސް ސީރިޔާގައި މިވަގުތު އޮތީ ފިތުނައިގެ ހާލަތު ކަމަށާއި، މިހާލަތަކީ އެެފަދަ ފިތުނަތަށް އަލިވަންދެން ދީން އުނގެނި ކިޔަވައި އޭގެ ފައިދާ އަމިއްލަ ގައުމަށް ފޯރުކޮށްދޭންވީ ވަގުތު ކަމަށްވެސް ޖަމިއްޔަތުއް ސަލަފުގެ ރައީސް ވިދާޅުވި އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...