ދިރިހުއްޓާ އަންދާލައިގެން މީހުން މެރުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމް ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ.
މެދުއިރުމަތީގައި ބާރުގަދަ ކޮށްގެން އުޅޭ ހަނގުރާމަވެރި އިސްލާމީ ޖަމާޢަތެއް ކަމަށްވާ އައިއެސް އިން ކާފަރުންގެ ލަޝްކަރާއި އެކު ގުޅިގެން މުސްލިމުންގެ ބޮލަށް ބޮންއަޅަމުން ގެންދިޔަ ޢުރުދުންގެ ޕައިލެޓަކު ދިރިހުއްޓާ އަންދާލައިގެން މަރާލާ ވީޑިޔޯއެއް އިންޓަރނެޓުގައި ޢާއްމު ވެފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއްވެސް ސަބަބަކާއި ހުރެ އެއްވެސް މީހަކު ދިރިހުއްޓާ އަންދާލައިގެން މަރާލުމަކީ އިސްލާމް ދީނުގައި ކަނޑައެޅިގެން ޙަރާމް ކަމެއް ކަމަށެވެ.
އަދި އެކަމަކީ އިންސާނިއްޔަތާއި ޚިލާފު ބޮޑު ޖަރީމާއެއް ކަމަށްވެސް ޑރ ޝަހީމް ވަނީ ވިދާޅުވެފައެވެ.
އައިއެސް އިން ދިރިހުއްޓާ ޢުރުދުންގެ ޕައިލެޓު އަންދާލާފައި ވާއިރު، ޑރ ޝަހީމުގެ އިތުރުން ދުނިޔޭގެ ބޮޑެތި ބައެއް އިލްމުވެރިން ވެސް ގެންދަވަނީ މިކަމަކީ ޙަރާމް ކަމެއް ކަމަށް ވިދާޅުވަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...