ރާއްޖޭގެ ޚަބަރު ހަނގުރާމަތަކަށްދާ ދިވެހިން ހުއްޓުވުމަށް ފުލުހުން ގުޅިގެން މަސައްކަތް ކުރަންޖެހޭ: ސީޕީ

ހަނގުރާމަތަކަށްދާ ދިވެހިން ހުއްޓުވުމަށް ފުލުހުން ގުޅިގެން މަސައްކަތް ކުރަންޖެހޭ: ސީޕީ

ހަނގުރާމަތަކަށްދާ ދިވެހިން ހުއްޓުވުމަށް ފުލުހުން ގުޅިގެން މަސައްކަތް ކުރަންޖެހޭ: ސީޕީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހަނގުރާމަތަކަށްދާ ދިވެހިން ހުއްޓުވުމަށް ހުރިހާ ފުލުހުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކޮމޝަނަރ އޮފް ޕޮލިސް ޙުޞައިން ވަޙީދު ވިދާޅުވެއްޖެ އެވެ.

ލުހުންނާއި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުއައްޒަފުންނާއި އިސްކަންދަރު ކޮށީގައި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވީ، ރާއްޖެއިން ބޭރު ގައުމުތަކުގައި ހިންގާ ހަނގުރާމަތަކުގައި ބައިވެރިވާން ބައެއް ދިވެހިން ދިއުމަކީ ގައުމީ ކަންބޮޑުވުން އޮތްކަމެއް ކަމަށެވެ.

އެހެންކަމުން މި ގޮތަށް ހަނގުރާމަތަކަށްދާ ދިވެހިން ހުއްޓުވުމަށް ހުރިހާ ފުލުހުން ގުޅިގެން މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށް ކޮމިޝަނާރ އޮފް ޕޮލިސް ވިދާޅުވިއެވެ. އެގޮތުން އެފަދަ ފަރާތެއްގެ މަޢުލޫމާތު ލިބޭނަމަ އެކަން ފުލުހުންގެ އިންޓެލިޖެންސް މެދުވެރިކޮށް ބަލައި އެކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އަޅަން ޖެހޭކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

މިމަސްޓަރގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ގައުމުގެ ކަންބޮޑުވުން އޮއްނަ ކޮންމެ މައްސަލައަކީ ފުލުހުންގެ ކަންބޮޑުވުން އޮއްނާނެ މައްސަލައެއްކަމުން އެކަންކަން ޙައްލުކޮށްހުއްޓުވުމަށް ފުލުހުން ތިބޭނީ އަބަދުވެސް ސާބިތު ކަންމަތީގައި ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.