އިސްލާމްދީނަށާއި ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ޢަދާލަތު ޕާޓީން ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް ގޮވާލައިފިއެވެ.
އެމްޑީޕީއާއި ގުޅިގެން ޤާނޫނު އަސާސީ ޙިމާޔަތް ކުރުމަށް މަސައްކަތް ކުރުމަށް ޖުމްހޫރީ ޕާޓީން ޢަދާލަތު ޕާޓީއަށް ދިން ދަޢުވަތު ރައްދު ކުރުމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމި ނިންމުން ޢާއްމު ކުރަމުން އެ ޕާޓީން ބުނެފައި ވަނީ އެމްޑީޕީއާ ޖޭޕީއާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި ބައިވެރިވުމަށް ދައުވަތު ދިން ނަމަވެސް މިވަގުތު އެފަދަ މަޝްވަރާއެއްގައި ބައިވެރިނުވުމަށް އެޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
މަޝްވަރާ މަޖިލީހުން ނިންމި ކަމުގައިވީ ނަމަވެސް ގައުމުގައި ހިނގަމުންދާ ކަންކަން އެޕާޓީން ވަރަށް ކައިރިން ބަލަމުންދާނެ ކަމަށާއި، ޤައުމާ ރައްޔިތުންގެ މަސްލަހަތާ ގުޅޭ ކަންކަމުގައި މަޝްވަރާކުރަން ޖެހިއްޖެ ހާލަތެއްގައި ހުރިހާ ފަރާތްތަކަކާއެކު ވެސް މަޝްވަރާކުރުމުގެ ރިވެތި އުސޫލު އަދާލަތު ޕާޓީން ދަމަހައްޓާނެ ކަަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...