ހައި ކޯޓުގެ ފަނޑިޔާރު ޔޫސުފް ހުސައިން ރިޓަޔަ ކުރައްވައިފި އެވެ.
ހައިކޯޓުން ވިދާޅުވީ އިއްޔެއިން ފެށިގެން އެ ކޯޓުގެ ފަނޑިޔާރު ޔޫސުފް ޙުޞައިން ފަނޑިޔާރު ކަމުން ރިޓަޔަ ކުރައްވާފައިވާ ކަމަށެެވެ.
އެހެންނަމަވެސް އޭނާ ރިޓަޔަ ކުރެއްވީ ކޮން ސަބަބަކާއި ހުރެކަމެއް ހައިކޯޓުން ހާމަކުރައްވާފައެއް ނުވެ އެވެ.
ޔޫސުފް ހުސައިން ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރެއްވީ 21 ސެޕްޓެމްބަރު 2010 ގައެވެ.
ޔޫސުފް ހުސައިން މީގެ ކުރިން ވަނީ އިންތިގާލީ ސުޕްރީމް ކޯޓުގައި ވެސް ފަނޑިޔާރު ކަން ކުރައްވާފަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...