މާލޭގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސައިކަލެއް ކޮންޓޭނަރު އުފުލާ ޓްރަކެއްގެ ދަށުވެއްޖެ އެވެ.
ކަޅުތުއްކަލާ ކޮށި ކައިރީ ހިނގި މި ނުރައްކާތެރި އެކްސިޑެންޓްގައި ވަނީ އަންހެނަކަށް ކުދިކުދި އަނިޔާތަކެއް ލިބިފައެވެ.
މިއެކްސިޑެންޓުގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންދެވިފައެވެ.
މިއަދު މެންދުރުފަހު 14:40 ހާއިރު ކަމަށާއި ހިނގި މިއެކްސިޑެންޓުގައި އަނިޔާ ލިބިފައިވަނީ ސައިކަލު ފަހަތުގައި އިން އަންހެނަކަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި އެކްސިޑެންޓް ހިނގަން މެދެުވެރިވީ ސަބަބެއް ފުލުހުން މިހާރު ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...