ކުޑަކުއްޖަކަށް އަނިޔާކުރަމުން ގެންދިޔަ މަންމައަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
ފުލުސް އޮފީހުން ވިދާޅުވީ މި މައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރު ކުރީ ބ. އޭދަފުށިން ކަމަށާއި، މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ޢުމުރުން 27 އަހަރުގެ އަންހެނެއް ކަމަށެވެ.
މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބ. އަތޮޅު ފެމިލީ އެންޑް ޗިލްރަން ސަރވިސް ސެންޓަރުން ފުލުހުންނަށް ހުށަހެޅި މައްސަލައަކާގުޅިގެން 2015 ޖެނުއަރީ 27 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން މިއަދު ވިދާޅުވިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބ. އޭދަފުށި މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅައި ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް 4 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފައެވެ.
މި އަންހެންމީހާ އަނިޔާ ކޮށްފައިވަނީ ޢުމުރުން އެންމެ 4 އަހަރުގެ އޭނާގެ އުފަން އަންހެން ދަރިއަކަށް ކަމަށާއި،މި މައްސަލަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުޤީޤު ކުރަމުން ގެންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...