ކުއްލި ގޮތަކަށް ޑިފެންސް މިނިސްޓަރު މަޤާމުން ވަކިކޮށްފައި ވަނިކޮށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް މަޤާމުން ރިޓަޔާ ކުރައްވަން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަތައް އެމްއެންޑީއެފުން ދޮގުކޮށްފިއެވެ.
އެމްއެންޑީއެފް އިން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ، ޗީފް އޮފް ޑިފެންސް ފޯސް ރިޓަޔާ ކުރެއްވުމާ ގުޅޭގޮތުން މީޑިއާގެއެކި ވަސީލަތްތަކުގައި ފެތުރެމުންދާ ވާހަކަތަކަކީ އެކަމުގައި އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމާ ބެހޭ ގޮތުން މީޑީއާގައި ދެކެވޭ ވާހަކަތައް އެމްއެންޑީއެފުން ދޮގުކުރިއިރު، ޗީފްއޮފް ޑިފެންސް ފޯސް މަގާމުން ވަކިކޮށް އެ މަގާމަށް އާ ބޭފުޅަކު ހަމަޖެއްސަން އުޅޭ ކަމަށްބުނެވެސް ބައެއް މީޑިޔާ ތަކުން ވަނީ ޚަބަރު ފަތުރާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...