ރާއްޖޭގެ ޚަބަރު ސަރުކާރު ބައެއް ކުންފުނި ތަކުގެ އެމްޑީން ވަކިކުރާނެ ކަމުގެ އިންޒާރު ދީފި

ސަރުކާރު ބައެއް ކުންފުނި ތަކުގެ އެމްޑީން ވަކިކުރާނެ ކަމުގެ އިންޒާރު ދީފި

ސަރުކާރު ބައެއް ކުންފުނި ތަކުގެ އެމްޑީން ވަކިކުރާނެ ކަމުގެ އިންޒާރު ދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަރުކާރު ބައެއް ކުންފުނި ތަކުގެ އެމްޑީން ވަކިކުރާނެ ކަމުގެ އިންޒާރު ރައީސުލް ޖުމްހޫރިއްޔާ ދެއްވައިފިއެވެ.

އެސްޓީއޯއަށް 50 އަހަރު ފުރުމާއި ގުޅިގެން ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕާފޯމަންސް އޮޑިޓް ތަކެއް މިހާރު ހަދަމުން ގެންދާ ކަމަށެވެ.

މި އޮޑިޓްތަކަށްފަހު ސަރުކާރު ކުންފުނިތަކާއި މެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށާއި، މި ފިޔަވަޅު ތަކުގެ ތެރޭގައި ސަރުކާރުން ބޭނުންވާ އުއްމީދަށް ނަތީޖާ ހާސިލް ނުކޮށްދެވޭ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ވަކިކުރައްވަން ޖެހިއްޖެނަަމަ އެކަން ކުރައްވާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަކި ކުންފުންޏެއްގެ ނަން ވިދާޅު ނުވިނަމަވެސް ނުސީދާގޮތެއްގައި އެމަނިކުފާނު ދެއްވި އިންޒާރުތައް ދިމާވަނީ އެސްޓީއޯގެ މިހާރުގެ މެނެޖިންގ ޑައިރެކްޓަރ އާދަމް އާޒިމަށް ކަމަށް ބެލެވެއެވެ.

އެހެނީ ސަރުކާރު ކުންފުނި ތަކުން ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ މުދާ ހުސްނުވެ އެކަށީގެންވާ އަގެއްގައި ލިބޭނެ ގޮތް ހެދުމާއި، މާކެޓުގައި އަގުތައް ހަމައަކަށް އަޅުވައިދިނުމުގައި ސަރުކާރަށް އެހީވާން ޖެހޭނެ ކަމަށް ވިދާޅުވި އިރު، މި މަސައްކަތް ތަކަކީ އެސްޓީއޯއިން ކުރަމުން ގެންދާ މަސައްކަތް ކަން ފާހަގަ ކޮށްލެވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.