ރާއްޖޭގެ ޚަބަރު

ބިލާލް ފިލިޕްސްގެ ދަރުސައް އިސްލާމިކް މިނިސްޓަރު ދެކޮޅު ހެއްދެވިކަމަށް ބުނެ ރާއްޖެޓީވީއިން ފެތުރި ޚަބަރަކީ ކަނޑައެޅިގެން ދޮގެއް: ސަލަފް

މިދިޔަ އަހަރު ނޮވެމްބަރު މަހު 'ދަކޯލް' ގެނަމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭއްވި ބައިނަލްއަޤުވާމީ ކޮންފަރެންސްގައި ތަޤުރީރުކުރުމަށް ވަޑައިގެންނެވި ކެނަޑާގެ މަސްހޫރު  ދީނީ ޢިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސްގެ ދަރުސައް އިސްލާމިކް އެފެއާޒު މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމު ޢަލީ ސަޢީދު ދެކޮޅު ހެއްދެވިކަމަށް ބުނެ ރާއްޖެ ޓީވީއިން ފެތުރި ޚަބަރަކީ ކަނޑައެޅިގެން ދޮގެއްކަމަށް އެކޮންފަރެންސް އިންތިޒާމްކުރި ޖަމްއިއްޔަތުއް ސަލަފުން ވިދާޅުވެއްޖެވެ.

ސަލަފުގެ ޖެނަރަލް ސެކެޓުރީ މުޙައްމަދު ޞަބާޙް އޭނާގެ ފޭސްބުކު ޓައިމްލައިންގައި ލިޔުއްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިސްލާމިކް މިނިސްޓުރީއިން ޑރ. ބިލަލް ފިލިޕްސް ރާއްޖެ ގެނެސް ތަޤުރީރު ކުރުމުގެ ހުއްދަ ދީފައިވަނީ އެއްވެސް ހުރަހެއް އަދި އުނދަގުލަކާ ނުލާކަމަށެވެ.

ޞަބާހް އިތުރަށް ވިދާޅުވެފައިވަނީ އޭގެ ފަހުން ޑރ. ބިލާލް ފިލިފިލިޕްސް ފިލިޕީންސްގައި ހައްޔަރުކޮށް ޑީޕޯޓު ކޮށްލުމުން އެކަމާ މިނިސްޓަރުގެ ކަންބޮޑުވުން ސަލާފާ ހިއްސާ ކުރެއްވިކަމަށެވެ.

"ޑރ. ބިލާލް ފިލިޕްސް ފިލިޕީންސްގައި ހައްޔަރުކޮށް ޑީޕޯޓުކޮށްލުމުން އެކަމާ މިނިސްޓަރުގެ ކަންބޮޑުވުން އަޅުގަނޑުމެންނާ ހިއްސާ ކުރެއްވި. ސަލަފްގެ އެއްވެސް ޝައިޚެއް މިނިސްޓަރަށް ޕެރެޝާއެއް ނުކުރޭ" ޞަބާހް ވިދާޅުވެފައިވެއެވެ.

Sobage fb post

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *