ރާއްޖޭގެ ޚަބަރު އެހީ ޖަމްޢިއްޔާއިން އައްޑޫގައި ކުޑަކުދިންގެ ހިޔާއެއް އަޅަނީ

އެހީ ޖަމްޢިއްޔާއިން އައްޑޫގައި ކުޑަކުދިންގެ ހިޔާއެއް އަޅަނީ

އެހީ ޖަމްޢިއްޔާއިން އައްޑޫގައި ކުޑަކުދިންގެ ހިޔާއެއް އަޅަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަޅާލާނެ މީހަކު ނެތް ކުޑަކުދިން ބެލެހެއްޓުމަށް ހިޔާއެއް އެޅުމަށް އައްޑޫސިޓީ ކައުންސިލުން އެހީ ޖަމްއިއްޔާއަށް 5000 އަކަފޫޓުގެ ބިމެއް ދޫކޮށްފިއެވެ.

އައްޑޫސިޓީ ކައުންސިލުން ބުނެފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި އެ ބިން ދޭން ނިންމާފައި ވަނީ ޝަރުތުތަކެއްގެ މަތިންނެވެ.

ބިންދޭން ނިންމި ޝަރުތުތަކުގެ ގޮތުގައި އައްޑޫސިޓީ ކައުންސިލުން ކަނޑައަޅާފައިވަނީ އެބިމުގައި ކުޑަކުދިންގެ ހިޔާގެ މަސައްކަތް ފެށުމަށް ކުރަންޖެހޭ ޢަމަލީ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ފަށައި، އެމަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމައި ޚިދުމަތް ދޭން ފެށުމެވެ.

މިބިން ދޫކޮށްފައިވަނީ އައްޑޫ ސިޓީގެ ހިތަދޫ ފެންފިޔާޒު މަގުންނެވެ.

އެހީ ޖަމްޢިއްޔާއަކީ ތަފާތު އިންސީނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމްޢިއްޔާއެކެވެ. އެގޮތުން މިޖަމްޢިއްޔާއިންވަނީ ސީރިއާގެ ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ ނިކަމެތި ރައްޔިތުންނަށް އެހިތެރިވުމަށް ޙަރަކާތްތަކެއް ހިންގައި ސީރިއާގެ ހާލުގައި ޖެހިފައިވާ މީހުންތިބި ރެފިއުޖީ ކޭމްޕްތަކަށް ޒިޔާރްކުރައް އެއެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި އެޖަމްޢިއްޔާއިން ވަނީ އެކިފަހަރުމަތިން ކުޑަ ކުދިންގެ ހިޔާއަށްވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.