ރާއްޖޭގެ ޚަބަރު މަހަލްދީބު ފީމާ ސޭވް ވިޝަން އައި ކޭމްޕް - އައިފުރޮމް ޒިއޮންއަށް ދިން ރައްދެއް

މަހަލްދީބު ފީމާ ސޭވް ވިޝަން އައި ކޭމްޕް - އައިފުރޮމް ޒިއޮންއަށް ދިން ރައްދެއް

މަހަލްދީބު ފީމާ ސޭވް ވިޝަން އައި ކޭމްޕް - އައިފުރޮމް ޒިއޮންއަށް ދިން ރައްދެއް

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

2010 ވަނަ އަހަރު އިޒުރޭލުގެ އައިފުރޮމް ޒިއޮންގެ ނަމުގައި ޙަރަކާތްތެރިވާ ކޭމްޕަކުން ދިވެހިރާއްޖެއަށް އައިސް މިފުރަ މާލޭގެ އައިޖީއެމް ހޮސްޕިޓަލްގައި އައިކޭމްޕެއް ހިންގަންފެށިއެވެ. މިކަމާ ދިވެހިންގެ ތެރެއިން ގިނަބަޔަކު ނޫނޫނެކޭ ބުންނެވެ. ދިވެހިން ބުނަމުންދިޔައީ ފަލަސްޠީނުގައިވާ އަހަރެމެންގެ މުސްލިމުންގެ އަޚުންނާއި އުޙުތުންގެ ލޯތަކަށް ޙަމަލާދޭ ޤައުމެއްގެ ބަޔަކު ލައްވައި އަހަރެމެންގެ ލޮލަށް ބޭސްއަޅަން ބޭނުންނުވާކަމެވެ. މިޑޮކުޓަރުންގެ ޓީމު ފޮނުވާލުމަށް ގޮވާލާ މުޒާހަރާތައް ކުރެވެން ފެށުނެވެ. އެންމެފަހުން ބޮޑު މުޒާހަރާއަކަށް ތައްޔާރުވެ ފުރަމަލޭގެ ލޮނު ޒިޔާރަތްކޮޅަށް އެއްވެ އެކަމާ ދެކޮޅަށް ދިވެހިން އަޑު އުފުލަން ފެށިއެވެ. ނަތީޖާއަކަށް ވެގެންދިޔައީ 10 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދަން ނިންމި އައިކޭމްޕް ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ހުއްޓާލައި އެނބުރި ޤައުމަށް ދާން ޖެހުމެވެ.

މިއަދު އޭގެ ފަސް އަހަރުފަހުން ރައްޖޭގެ ތާރީޚްގައި ނުބާއްވާވަރުގެ ލޮލުގެ ޚާއްޞަ ކޭމްޕަކަށް ރާއްޖެގައި އިންސާނީ ޚިދުމަތާއި އިންސާނީ ވަސީލަތް ކުރިއަރުވައި ތަރައްޤީ ކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާއެއްކަމުގައިވާ މަހަލްދީބު ފައުންޑޭޝަންއާއި ޕާކިސްތާނާއި ސައުދީޢަރަބިއާގެ އިންސާނީ ޚިދުމަތް ފޯރުކޮށްދޭ ދެ އޮގަނައިޒޭޝަނަކާއި ގުޅިގެން މިވަނީ ފަށާފައެވެ.

މިމަހު 4 ން 8 އައިޖީއެމްއެޗްގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލްގައި ކުރިއަށް ގެންދާ މިކޭމްޕްގައި ފަރުވާ ދެއްވުމުގައި ޙަރަކާތްތެރިވެ ވަޑައިގަންނަވަނީ ސައުދީ ޢަރަބިއްޔާއާއި ޕާކިސްތާނުގައިވެސް އެންމެ މަޝްހޫރު ލޮލުގެ ޚާއްޞަ ސްޕެޝަލިޓުންނެވެ.

މަހަލްދީބު ފީމާ ސޭވް ވިޝަން އައިކޭމްޕް ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: ސަން

މަހަލްދީބު ފީމާ ސޭވް ވިޝަން އައިކޭމްޕް ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: ސަން

މިއައިކޭމްޕަށް ސައުދިއްޔާ ޢަރަބިއްޔާއާއި ޕާކިސްތާނުން ކޮންމެ ޤައުމަކުން ހަތަރު ޑޮކުޓަރުން، ޖުމުލަ 8 ސްޕެޝަލިސްޓުންވަނީ ވަޑައިގެންފައެވެ.

މަހަލްދީބު ފައުންޑޭޝަނުނާއި ޕާކިސްތާނުގެ ފީމާ ސޭވް ވިޝަންއާއި ސައުދީ އަރަބިއްޔާގެ އިންޓަނޭޝަނަލް އިސްލާމިކް ރިލީފް އޯގަނައިޒޭޝަންއާއި ގުޅިގެން އިންތިޒާމު ކުރި މިއައި ކޭމްޕްގެ ޚަބަރުތައް މީޑިއާއި ގެނެސްދޭން ފެށުމުން ރާއްޖޭގައި ލޮލުގެ ފަރުވާދޭ އެންމެ މަޝްހޫރު އެއް ކުލިނިކުންވެސް މިއައިކޭމްޕްގައި ޑޮކުޓަރުން ބައިވެރިކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވެއެވެ.

އައިފުރޮމް ޒިއޮންއާއި މަހަލްދީބު ފީމާ ސޭވްވިޝަން ކޭމްޕްގެ ތަފާތު

އައި ފުރޮމް ޒިއޮންއަކީ އިޒުރޭލުގައި ލޮލުގެ ފަރުވާދޭ ޑޮކުޓަރުން ހިމެނިގެން އުފައްދާފައިވާ ޖަމާޢަތެކެވެ. އެމްޑީޕީގެ ސަރުކާރުން މިޑޮކުޓަރުންގެ ޓީމަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފައިވެއެވެ. އައިފުރޮމް ޒިއޮންގެ ޓީމާއި ރައީސް ނަޝީދުވަނީ ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި 2010 ވަނަ އަހަރު ބައްދލުކޮށްފައެވެ.

HEP-Meeting-with-Israeli-Doctors

އައި ފުރޮމް ޒިއޮންގެ ޓީމު ގެނައުން އެމްޑީޕީއިން ފާހަގަކޮށްފައިވަނީ ސަރުކާރަށް ކުރެވުނު ފާހަގަ ކުރެވޭ ކަމެއްގެ ގޮތުގައެވެ. ނަމަވެސް ދިވެހި ގިނަ ރައްޔިތުންތަކެއްގެ ފަރާތުން އައިފުރޮމް ޒިއޮންގެ ޓީމު ގެނައުމުން ސަރުކާރަށް އަމާޒުވީ ރުޅި ވެރިކަމުގެ ބަސްތަކެވެ. އަހަރެމެންގެ މުސްލިމު އަޚުންނާއި އުޚްތުންގެ ލޮލަށް ވިހަ ގޭސް ޖެހުމަށްފަހު އަހަރެމެންގެ ލޮލަށް ބޭސް އަޅަން ބޭނުންނުވާކަން ދިވެހިވަނީ އަޑުއުފުލާފައެވެ.

އައި ފޮރޮމް ޒިއޮންގެ ޓީމު ފޮނުވާލުމަށް ގޮވަލަ ކުރެވުނު މުޒާހަރާތަކުގެ ތެރެއިން

އައި ފޮރޮމް ޒިއޮންގެ ޓީމު ފޮނުވާލުމަށް ގޮވަލަ ކުރެވުނު މުޒާހަރާތަކުގެ ތެރެއިން

މަހަލްދީބު ފީމާ ސޭވް ވީޝަން އައިކޭމްޕްގައި ޑޮކުޓަރުންގެ ގޮތުގައި ޙަރަކާތްތެރިވަނީ މުސްލިމު ޑޮކުޓަރުންގެ ޖަމްޢިއްޔާގެ މެންބަރުންނެވެ. އަދި މިކޭމްޕަށް ބޮޑު ހިއްސާއެއް ވެފައިވަނީ އިންޓަނޭޝަނަލް އިސްލާމިކް ރިލީފް އޯގަނައިޒޭޝަންއާއި ޕާކިސްތާނުގެ ފީމާ ސޭވް ވިޝަންއެވެ. އެހެންކަމުން މިފަހަރު ދިވެހި މުސްލިމުންގެ ލޮލަށް ބޭސް ކުރުމަށް އައީ އިސްލާމީ ޚިޔާލުގެ މުސްލިމު ޑޮކުޓަރުންނެވެ.

އައިކޭމްޕް އެކި ޙަފުލަތަކުގައި އައިފުރޮމް ޒިއޮންޓީމާ ދެކޮޅަށް ނިކުތް ބައެއް ބޭފުޅުން

ޢަދާލަތު ޕާޓީގެ ނައިބުރައީސް ޑރ. މައުރޫފު ޙުސައިންނަކީ އެމްޑީޕީގެ ސަރުކާރުން އިޒުރޭލާއިއެކު ގުޅުންތައް ޤާއިމު ކުރަން ފެށުމުން ފާޅުކަން ބޮޑު ގޮތެއްގައި އެކަމާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއްފަރާތެވެ. އިޒުރޭލާއެކު ދިވެހި ސަރުކާރުން ގުޅުންތައް ޤާއިމު ކުރައްވަން ފެއްޓެވުމުން ޢަދާލަތު ޕާޓީގެ ފަރާތުން އެއްމައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެންނެވިއެވެ. އެންމެފަހުން ޢަދާލަތު ޕާޓީއިން މަޖިލީހަށް ފޮނުއްވި ސިޓީއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ބެހޭ ކޮމޓީއަށް ވަޑައިގެން ޑރ. މައުރޫފު ވަނީ އެކޮމިޓީގައިވެސް އެކަމާ ދެކޮޅަށް ވަހަކަ ދައްކާފައެވެ.

އައިފުރޮމު ޒިއޮންރާއްޖެއިން ފޮނުވާލުމަށް ކުރެވުނު މުޒާހަރާގައި ޑރ. މައުރޫފު ވަނީ ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ. އަދި އެމުޒާހަރާ ބޭއްވުމުގެ ކުރިން ކޮންމެ ރެއަކު މާލޭގެ އެކި މަގުތަކުގައި ބޭއްވި ސިލްސިލާ ހިނގާލުން ތަކުގައި ހުރިހާ ރެއެއްގައިވެސް އެތަނަށް ވަޑައިގެންނެވި ހަމައެކަނި ސިޔާސީ އެއްފަރާތްކީވެސް ޑރ. މައުރޫފުއެވެ.

Dr. Mauroof

މިއައި ކޭމްޕް ފެށުމަށް ބޭއްވި ރަސްމިއްޔާތުގަޔާއި، އައިކޭމްޕްގެ އިންތިޒާމު ކުރެއްވުމުގެވެސް ކުރިން ޑރ.މައުރޫފުވަނީ ފީމާ ސޭވް ވިޝަން އައިކޭމްޕް ރާއްޖޭގައި ބޭއްވުމުގެ މަޝްވަރާތައް ކުރައްވައި ރާއްޖޭގެ މެޑިކަލް އެސޮސިއޭޝަންގައިވެސް އެވާހަކަ ދައްކަވައި އެފަދަ ކެމްޕެއް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ވާހަކަ ވިދާޅުވެފައެވެ.

އައި ފުރޮމް ޒިއޮން ޓީމު ރާއްޖެއައުމުން ފަރުވާ ހޯދުމަސް ނަންނޮޓު ކުރި އެންމެހާ ފަރާތްތަކަށް މިއަދު މިވަނީ ހިނިތުންވުން ގެނެސްދީފައެވެ. މިއައިކޭމްޕަށް ފަރުވާ ހޯދުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ވަޑައިގަތް ބޭފުޅުންނަށް ސީދާ އައިކޭމްގައި ފަރުވާދޭ ޑޮކުޓަރުންގެ ފަރާތުން ފެނިފައިވަނީ އިސްލާމީ އުޚުއްވަތް ތެރިކަމާ އިސްލާމީ ސަލާމުން މަރުޙަބާ ކިޔުމުގެ ޝުޢޫރުތަކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.