ރާއްޖޭގެ ޚަބަރު ޑރ ޝަހީމުގެ ދަޢުވަތު ޤަބޫލުފުޅު ކުރައްވައި ރާއްޖެ ވަޑައިގަންނަވާކަން ޑރ ޔާސިރު ޤާޟީ ހާމަކުރައްވައިފި

ޑރ ޝަހީމުގެ ދަޢުވަތު ޤަބޫލުފުޅު ކުރައްވައި ރާއްޖެ ވަޑައިގަންނަވާކަން ޑރ ޔާސިރު ޤާޟީ ހާމަކުރައްވައިފި

ޑރ ޝަހީމުގެ ދަޢުވަތު ޤަބޫލުފުޅު ކުރައްވައި ރާއްޖެ ވަޑައިގަންނަވާކަން ޑރ ޔާސިރު ޤާޟީ ހާމަކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޢަލީ ސަޢީދުގެ ދަޢުވަތު ޤަބޫލުފުޅު ކުރައްވައި ޑރ ޔާސިރު ޤާޟީ ރާއްޖެ ވަޑައިގަންނަވަން ނިންމަވައި އެކަން އާއްމު ކުރައްވައި އިޢުލާނު ކުރައްވައިފި އެވެ.

އެމެރިކާގެ މަޝްހޫރު މުސްލިމް ދީނީ ޢިލްމުވެރިޔާ ޔާސިރު ޤާޟީ ވަޑައިގަންނަވާނެ އެވެ.

yq

މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ ޔާސިރު ޤާދީ ރާއްޖެ ވަޑައިގަތުމަށް ދަޢުވަތު އަރުވާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ބާރަ ވަނަ ދުވަހުއެވެ.

އަދި މިދިޔަ ޑިސެމްބަރު މަހުގެ އެކާވީސް ވަނަ ދުވަހު އޭނާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހުނުކަން އާއްމު ކުރައްވާ އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ކުރައްވާފައިވާ ޓުވީޓެއްގައިވަނީ 5 މާރޗްގައި ޑރ ޔާސިރު ޤާދީ ރާއްޖެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ ކަމަށާއި ޑރ ޔާސިރު ޤާދީގެ ދަރުސް އޮންނާނީ މާރޗް މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.

މިމަހުގެ 12 ވަނަ ދުވަހު މިނިސްޓަރ ޝަހީމް ކުރެއްވި ޓުވީޓެއްގައިވަނީ ރާއްޖޭގެ ޒުވާނުންނަށް ނަސޭޙަތްތެރިވެ ވަޑައިގަތުމަށް ރާއްޖެ ވަޑައިގަތުމަށާއި، ރާއްޖޭގެ އިސްލާމީ މަރުކަޒުގައި އިމާމްވެ ހުކުރު ނަމާދު ކުރެއްވުމަށް ދަޢުވަތު އަރުވާފައި ވާނެ ކަމަށެވެ.

އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޑރ ޔާސިރު ޤާދީ އަކީ އަލް މަޣުރިބު އެކެޑެމިކް އިންސްޓިޓިއުޓްގެ ޑީންއެވެ.

މީގެ އިތުރުން އޭނާ ވަނީ އެމެރިކާ އާއި ދުނިޔޭގައި މަޝްހޫރު ހަ ފޮތެއް ވެސް އިސްލާމް ދީނާއި ގުޅޭގޮތުން ލިޔުއްވާފައެވެ.

ޔާސިރު ޤާޟީ ތަޢުލީމު ހާސިލުކުރެއްވި ތަންތަނުގެ ތެރެއިން، އެމެރިކާގެ ޔުނިވާސިޓީ އޮފް ހިއުސްޓަންއާއި، ޔޭލް ޔުނިވާސިޓީގެ އިތުރުން އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާ ހިމެނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.